Rifle shoot kurumuge huhdha oiy hama ekani bollywood thari akah Daisy Shah
image
ޑެއިޒީ ޝާހް--
0 ކޮމެންޓް
 

ރައިފަލް ޝޫޓުކުރުމުގެ ހުއްދަ އޮތް ހަމައެކަނި ބޮލީވުޑުގެ ތަރިއަކަށް ޑެއިޒީ ޝާހް!

ސަލްމާން ހާނުގެ "ޖޭ ހޫ" ގައި މަސައްކަތްކޮށް މަގްބޫލުކަން ހޯދި، ބަތަލާ ޑެއިޒީ ޝާހަށް ރައިފަލް ޝޫޓުކުރުމުގެ ހުއްދަ ލިބިއްޖެ އެވެ.
ޕްރޮފެޝަނަލް ޝޫޓަރަކަށް ވުމުގެ އުއްމީދުގައި ހުރި ޑެއިޒީގެ އެ ހުވަފެން ހަގީގަތަކަށްވެފައި ވާއިރު އިންޑިއާގެ ނޭޝަނަލް ރައިފަލް އެސޯސިއޭޝަނުން މިހާރު ވަނީ އޭނާއާ ލައިސެންސް ވެސް ހަވާލުކޮށްފަ އެވެ. އެއާއެކު އޭނާ ވެފައި ވަނީ ރައިފަލް ޝޫޓުކުރުމުގެ ހުއްދަ އޮތް ހަމައެކަނި ބޮލީވުޑު ތަރިއަށެވެ.

ދޭތެރެ ދޭތެރޭން ރައިފަލް ޝޫޓުކުރާ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކުރާ ޑެއިޒީ އަންނަ މަހު އޮންނަ ރައިފަލް ޝޫޓުކުރުމުގެ މުބާރާތެއްގައި ވެސް ބައިވެރިވާނެ އެވެ.


ދެހާސް ދިހަ ވަނަ އަހަރު ނެރުނު ފިލްމެއް ކަމަށްވާ "ވަންދައޭ މާތަރަމް" އިން ފެނިލި ހާއްސަ ފެނިލުމަކާއެކު ޑެއިޒީ ފިލްމީ ދާއިރާއަށް ތައާރަފުވިއިރު ޖެހިގެން އައި އަހަރު އޭނާ ވަނީ ކަންނަޑާ ފިލްމު، "ބޮޑީގާޑު" ގެ ލީޑު ބަތަލާގެ ރޯލުން ފެނިފަ އެވެ. ބޮލީވުޑުން އޭނާ ފެނުނީ ސަލްމާން ހާނުގެ ޖޭ ހޫ އިންނެވެ. އެއަށް ފަހު ހޭޓް ސްޓޯރީ 3 އަދި ރޭސް 3 އިން ވެސް އޭނާ ފެނުނެވެ.
ހިޔާލު