Ram Charan ves instagram ah!
image
ރާމް--
0 ކޮމެންޓް
 

ރާމް ޗަރަން ވެސް އިންސްޓަގުރާމަށް!

ތެލުގޫގެ ކާމިޔާބު އެކްޓަރު ރާމް ޗަރަން އިންސްޓަގުރާމު ބޭނުން ކުރަން ފަށައިފި އެވެ.
ރާމް އިންސްޓަގުރާމު ބޭނުން ކުރަން ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އިންސްޓަގުރާމު ބޭނުން ކުރަން އުޅޭކަން ރާމް އޭނާގެ ސަޕޯޓަރުންނަށް އަންގާފައި ވަނީ ވީޑިއޯ އެއް ހިއްސާކުރުމަށް ފަހުގައެވެ.


ރާމް އިންސްޓަގުރާމު ބޭނުން ކުރިތާ 12 ގަޑިއިރު ނުވާނީސް އެނޭއަށް އެއް ލައްކައަށް ވުރެ ގިނަ މީހުން ފޮލޯކޮށްފައިވާއިރު ފުރަތަމަ ފޮޓޯ ލުމާއެކު އޭނާއަށް އިތުރު ފޮލޯވަރުން ލިބިފައެވެ. އެގޮތުން މިޙާރު އޭނާގެ ތިން ލައްކައަށް ވުރެ ގިނަ މީހުން ފޮލޯކުރެއެވެ.


ރާމް އަކީ ތެލުގޫ އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ. ކާމިޔާބު އެތައް ފިލްމަކުން އޭނާ ފެނިގެން ދިޔައިރު ރާމް އެންމެ ފަހުން ފެނިގެން ދިޔައީ "ވިނަޔަ ވިދެޔަ ރާމާ" އިންނެވެ.

ރާމް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ދްރުވާ، އޮރެންޖް، ޔުވަޑު، މަގަދީރާ، ނާޔަކް، ރަޗާ، ޒަންޖީރް އަދި ރަންގަސްތަލަމް ހިމެނެ އެވެ.
ރާމް ޗަރަން ތެލުގޫ
ހިޔާލު