Simenthi basthaa eh vetti bidheysiaku maru vejje
image
ހުޅުމާލެ މަގެއްމަތި
ސީއެންއެމް
0 ކޮމެންޓް
 

ސިމެންތި ބަސްތާއެއް ވެއްޓި ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނަކުން ވެއްޓުނުން ސިމެންތި ބަސްތާއަކުން ޖެހި ބަނގްލާދޭޝް ރައްޔިތަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ހަވީރު 17:30 ހާއިރު ހިނގި މިހާދިސާގައި މަރުވެފައިވަނީ އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅުނު 24 އަހަރުގެ ފިރިހެނެއް ކަމުގައެވެ.

"ޖާސް އިންވެސްޓްމަންޓް" ކިޔާ ކުންފުންޏަކުން އިމާރާތް ކުރަމުން ދިޔަ އެސައިޓްގައި ހިނގި ހާދިސާއާއި ގުޅިގެން މީހަކު މަރުވި މައްސަލަ ފުލުހުން މިހާރު ގެންދަނީ ބަލަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހުވެސް އެއިމާރާތަށް ތަކެތި އަރުވަން ބޭނުންކުރި ލިފްޓްގެ ކާބަލްކެނޑި ލިފްޓް ވެއްޓުމުން މީހަކަށްވަނީ އަނިޔާ ވެފައެވެ.
މަރު ފުލުހުން
ހިޔާލު