America ge scientist eh maraalaafai ovvaa fenijje
image
އެމެރިކާގެ މެރިން ބަޔޮލޮޖިސްޓް ސުޒޭން އީޓަން-- ފޮޓޯ: ފޭސްބުކް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ގެއްލިގެން ހޯދަމުން ދިޔަ އެމެރިކާގެ ސައިންޓިސްޓެއް މަރާލާފައި އޮއްވާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ އެމެރިކާގެ ސައިންޓެސްޓު، ސުޒޭން އީޓަން މަރާލާފައިވާ އޮއްވާ ފެނިއްޖެ އެވެ.
ސުޒޭންގެ ހަށިގަނޑު ފެނިފައި ވަނީ ގްރީސްގެ ރަށެއް ކަމަށްވާ ކްރީޓްގައި ހުރި ދެވަނަ ބޮޑު ހަނގުރާމައިގައި ބޭނުން ކުރި ބަންކަރަކުންނެވެ.

މިމަހުގެ ދެ ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ސުޒޭން މަރުވެފައި ވަނީ ނޭވާ ހާސް ވުމުގެ ސަބަބުން ކަމަށް ކްރީޓް ގެ ފުލުހުން ބުނެ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ ހަވީރު ދުވަން އުޅެނިކޮށެވެ.

އުމުރުން 59 އަހަރުގެ ސުޒޭން އަކީ ޖާމަނީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މެކްސް ޕްލެންކް އިންސްޓިޓިއުޓް ގައި މަސައްކަތް ކުރަމުން ދިޔަ އެމެރިކާގެ މޮލެކިއުލާ ބައޮލިޖެސްޓެކެވެ. އޭނާ ކްރީޓަށް ގޮސްފައި ވަނީ އެރަށުގެ ޗެނިއާ ސިޓީގައި ބާއްވާ ކޮންފަރެންސް އެއްގައި ބައިވެރިވުމަށެވެ.

ސުޒޭން ގެ ހަށިގަނޑު ފެނިފައި ވަނީ އޭނާ އެންމެ ފަހުން ފެނުނު ކަމަށް ބުނާ ސަރަހައްދާ 10 ކިލޯމީޓަރު ދުރުން ކަމަށް ޗެނިއާގެ ފުލުހުން ބުނެ އެވެ.

އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ބޭނުން ކުރި ބަންކަރަށް ވަދެ އުޅުނު ކްރީޓްގެ ދެ ރައްޔިތުންނަށެވެ. އެ ބަންކަަރަކީ ޖަރުމަނުގެ ނާޒީން ކްރީޓް ހިފުމަށްފަހު ހަދާފައިވާ ކިއްލާތަކެކެވެ.

ފޮރެންސިކް އޮޓޯޕްސީ އިން ހާމަވާ ގޮތުގައި ސުޒޭން މަރާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެންނެވެ. އެނޫން ގެއްލުމެއް އޭނާއަށް ކޮށްފައިވާކަން ހާމައެއް ނުވެއެވެ.

ފުލުހުން ބުނެފައި ވަނީ ސުޒޭން މަރާލާފައި ވަނީ ބަންކަރު ތެރޭގައިތޯ ނުވަތަ އޭނާ މަރާލުމަށްފަހު އެތަނަށް ގެނައީތޯ ދެނެގަތުމަށް ތަހުގީގުކުރަމުން ދާކަަމަށެވެ.

ގްރީކްގެ ނޫސް އެޖެންސީއެއް ކަމަށްވާ ގްރީކް ރިޕޯޓާ އިން ހަބަރުދޭ ގޮތުގައި ސުޒޭން ފެނުނުއިރު އޭނާގެ ހަށިގަނޑު ވަށައިގެން ހަރު ފޮތިގަނޑެއް ވަނީ އޮޅާފަ އެވެ. ގަސްތުގައި މީހެއް މަރާލުމުގެ މައްސަލައެއްގެ ގޮތުގައި އެ މަރު ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ސުޒޭން ގެއްލުމުން އޭނާގެ އާއިލާ އާއި ރައްޓެހިން ވަނީ ސުޒޭންއާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 56،000 ޑޮލަރުގެ އިނާމެއް ވެސް ހުށަހަޅައިފަ އެވެ. އަދި އޭނާ ހޯދުމަށް ފޭސްބުކް ޕޭޖެއް ހަދާ ސުޒޭންގެ ފޮޓޯ ހިމެނޭ ޕޯސްޓަރުތައް ވަނީ އެކި ފަރާތްތަކާއި ހިއްސާކޮށްފަ އެވެ. ސުޒޭން އަކީ ކަންވެންޏެއްކޮށް ދެ ދަރިންވެސް ހުރި މީހެކެވެ.
އެމެރިކާ ގްރީސް
ހިޔާލު