Actor Amit ge kulli maraa eku mulhi film industry shock ehgai
image
އަމިތު--
0 ކޮމެންޓް
 

އެކްޓަރު އަމިތުގެ ކުއްލި މަރާއެކު ފިލްމު އިންޑަސްޓްރީ ޝޮކެއްގައި!

ތެލުގޫ އެކްޓަރު އަމިތު ޕުރޯހިތު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ތެލުގޫ ފިލްމު "ސަމްމޯހަނަމް" އިން ފެނިގެން ދިޔަ އަމިތު މަރުވެފައި ވަނީ އިއްޔެ އެވެ. އަމިތު ކުއްލި ގޮތަކަށް މަރުވެފައިވާކަން ކަށަވަރުކޮށްދީފައި ވަނީ އެކަޓަރު ސަންދީޕް ބާބޫ އެވެ. ނަމަވެސް އޭނާ މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ.


ތެލުގޫ ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކަށް އެ ހަބަރާ ގުޅިގެން ޝޮކެއް ލިބިފައިވާއިރު ފިލްމު އިންޑަސްޓްރީގެ ގިނަ ފަންނާނުން އަދި އަމިތުގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

އަމިތު ވަނީ "ސަމްމޯހަނަމް" ގެ އިތުރުން ފިލްމު "ޕަންކް" އާއި "އާލާޕް" އަދި "ބިޖުކަ" އިން ވެސް ފެނިގެން ގޮސްފަ އެވެ.
ހިޔާލު