Siberian Maldives fen gandah neyrumah inzaaru dheefi!
image
ސައިބީރިއަން މޯލްޑިވްސް ފެންގަނޑުގައި މީހަކު ނަގާފައިވާ ފޮޓޯއެއް--
0 ކޮމެންޓް
 

"ސައިބީރިއަން މޯލްޑިވްސް" ފެންގަނޑަށް ނޭރުމަށް އިންޒާރު ދީފި!

އިންސްޓަގްރާމުގައި މަޝްހޫރު "ސައިބީރިއަން މޯލްޑިވްސް" ގެ ނަމުން ނަން ދީފައިވާ މަޑު ނޫކުލައިގެ ރީތި ފެންގަނޑުގައި ނުފެތުމަށް ރަޝިއާގެ ހަކަތަ ކުންފުންޏަކުން އިންޒާރު ދީފި އެވެ.
ރާއްޖޭގެ މޫދުގެ ގުދުރަތީ ރީތިކަމާއި ކުލަ ލިބިފައިވާތީ އެ ފެންގަނޑަށް "ސައިބީރިއަން މޯލްޑިވްސް" ގެ ނަން ކިޔާފައިވީ ނަމަވެސް، އެތަނަކީ ހަގީގަތުގައި ނުރައްކާތެރި ކުނި އަޅާފައިވާ ފެންގަނޑެކެވެ.

އެތަނުގައި ނުރައްކާތެރި ކެލްސިއަމް ސޯލްޓާއި އިތުރު މެޓަލް އޮކްސައިޑް ހުންނާނެ ކަމުގެ އިންޒާރާ އެކުވެސް، އެތަން ވެފައި ވަނީ އެތައް ބަޔަކު ސެލްފީ ނެގުމާއި، ވެޑިން ޕާޓީ ބޭއްވުމަށް އަދި ފޮޓޯ ޝޫޓުތައް ބޭއްވުމަށް މަގްބޫލު ތަނެކެވެ.

ސައިބީރިއަން ޖެނެރޭޓިން ކޮމްޕެނީން ބުނީ އެތަން އިންސްޓަގްރާމުގައި މަގްބޫލުވެފައި ވާތީ، އެތަނަށް ނޭރުމަށް އިންޒާރުދޭ ކަމަށެވެ. އެ ފެންގަނޑުން ހަން އެލާޖިކްވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ފެންގަނޑުގައި ވަނީ ހަކަތަ ފެކްޓަރީ އެއްގައި އަންދާފައިވާ ބޯޓު ދެލީގެ ކުންޏެވެ. އެކަމާ ބެހޭ އިންޒާރު ދިނުމާއެކު އެތަން އިތުރަށް މަގްބޫލުވެފައިވާ ކަމަށް އިނގިރޭސި ދަ ގާޑިއަން ނޫހުން ބުނެ އެވެ.

އެގޮތުން ނޮވޮސިބިރްސްކް މޯލްޑިވްސް ނަމަކަށް ކިޔާ ފޭން އެކައުންޓަކުން އެތަނުގައި ނަގާފައިވާ 200 އަށް ވުރެ ގިނަ ފޮޓޯ މިހާރު ވަނީ އިންސްޓަގްރާމަށް ލާފަ އެވެ.


View this post on Instagram

Моему счастью нет предела 😭😭😭 Как давно я хотела такую нежную , чувственную, запоминающуюся #lovestory И вот свершилось 🙌🏼 Так СПОНТАННО мне по моему ни когда и ни чего не приходило в голову 😅 Любимый кинул ссылку на пост который выложили с этим местом в #аст54 и у меня МОМЕНТАЛЬНО нарисовалась картинка 😻 Я тут же ему написала - «у нас будет там фотосессия ! Сейчас договорюсь с фотографом и напишу когда!» Всё! Без разговоров😂 Мы обговорили с фотографом число , потом я договорилась с визажистом , украшениями и вот вы видите результаты наших трудов 💔 Т.к фото ОЧЕНЬ много, постепенно буду вам рассказывать о закулисье этой фотосессии😉 всё было МЯГКО говоря не по плану , НО именно этим этот день запомнился нам на всю жизнь ! Ph:@ekaterinaaaaks Stylist:@grimerkalab @lionheart_jew - украшения ручной работы Когда я увидела фото , то хотелось прыгать и рыдать от переполняющих меня эмоций ! #thankyou . . . #lovestory #iloveyou #ilovemylife #iamhappy #followme #золоотвал #фотографновосибирск #стилистновосибирск #handemade #украшенияручнойработы #maldivesnsk

A post shared by @ zheleznova.marina on

ރަޝިޔާ ތިމާވެށި
ހިޔާލު