Ukraine meehaa maruvi massalaiga driver ah dhauvaa kurumah PG ofeehah fonuvaifi
image
ކޮންޓްރޯލުން ނެއްޓި ބަސް ވެލި ފުންޏަކަށް އަރާފައި--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ޔޫކްރެއިން މީހާ މަރުވި މައްސަލާގައި ބަސް ޑްރައިވަރަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބަހެއްގެ ދަށުވެ ޔޫކްރެއިން މީހަކު މަރުވި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ ތަހުގީގު ނިންމާ، ބަސް ޑްރައިވަރުގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ޖޫން މަހުގެ 16 ގައި ކަމަށެވެ. އެކަމަކު ޕީޖީ އޮފީހުން ދައުވާ ކުރަން ކޯޓަށް ފޮނުވި ކަމެއް ސާފެއް ނުވެ އެވެ.

މެއި މަހުގެ ހަވަނަ ދުވަހު ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން އެމްޓީސީސީގެ ބަހެއްގެ ދަށުވެ މަރުވީ ރާއްޖެ އައިސް އުޅުނު ޔޫކްރެއިނުގެ އުމުރުން 31 އަހަރުގެ ފަތުރުވެރިއެކެވެ.

އެ މައްސަލާގައި ބަސް ޑްރައިވަރު ފުރަތަމަ ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށްފަހު، ކްރިމިނަލް ކޯޓުން ވަނީ ފަހުން އޭނާ ޝަރުތުތަކާއެކު ދޫކޮށްލާފަ އެވެ.

އޭނާ ދޫކޮށްލި ނަމަވެސް ކޯޓު މަރުހަލާ ނިމެންދެން ވަކި މުއްދަތެއް ނެތް ގޮތަށް ޑްރައިވަރުގެ ލައިސަންސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ހިފަހައްޓާފަ އެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހު އެ ހާދިސާ ހިނގީ ޔޫކްރެއިން މީހާ ޖޮގިން އަށް ނިކުމެ އުޅެނިކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ހާދިސާ ހިނގީ ނިދިޖެހިފައި އިނދެ ބަސް ދުއްވުމުންނެވެ.
ހިޔާލު