America ge counter terrorism bureau ge vafdhakaa Raees Nasheed bahdhalu kuravvaifi
image
މިއަދު އޮތް ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

އެމެރިކާގެ ކައުންޓަ ޓެރަރިޒަމް ބިޔުރޯގެ ވަފުދަކާ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ ކައުންޓާ ޓެރަރިޒަމް ބިއުރޯގެ ޑެޕިއުޓީ ކޯޑިނޭޓާ ޖޯޏް ގޮޑްފްރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އެ ބައްދަލުވުމުގައި ރައީސް ނަޝީދު ގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖޯން ގޮޑްފްރޭ އާއެކި ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ ކައުންޓާ ޓެރަރިޒަމް ބިއުރޯގެ ވަފުދެއް ބައިވެރިވި އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ޖޯން ގޮޑްފްރޭ އަކީ އެމެރިކާގެ ސީނިއާ ފޮރިން ސާވިސްގެ މެމްބަރެއް ވެސް މެއެވެ.
ހިޔާލު