BREAKING: Vai golhi ah vehtunu meehaa maruvejje
image
އެމީހާ ވެއްޓުނު ވައި ގޮޅި-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

ވައި ގޮޅިއަށް ވެއްޓުނު މީހާ މަރުވެއްޖެ

ރޭ ދަންވަރު މާފަންނު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން ވައި ގޮޅިއަށް ވެއްޓުނު އުމުރުން ދުވަސްވީ މީހާ މަރުވެއްޖެ އެވެ.
ރޭ ދަންވަރު 01:33 ހާއިރު މާފަންނު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން ވައި ގޮޅިއަށް ވެއްޓުނީ ލ. ކަލައިދޫ، ހަވީރީގެ އުމުރުން 76 އަހަރުގެ ނަސީމާ ދާއޫދެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އެމީހާ މަރުވެފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އެމެޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ ހާދިސާ ގައި އަންހެން މީހާގެ ބޮލުގެ ފުއްކިބަ ފަޅައިގެން ގޮސްފައިވާއިރު ފައިގެ ފަލަމަސްގަނޑާ ހަމައިން ވެސް ބިނދިފައި ވެއެވެ. އަދި ވައަތު ފައި ކުޑަ ހުޅުން ވެސް ބިނދިފައި ވެއެވެ.

އެމީހާގެ މައްޗަަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

އެ ހާދިސާ ހިނގި ގޮތް މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ހިޔާލު