Kurin Kuyyah ulhunu Flat karthik Ganefi
image
0 ކޮމެންޓް
 

ކުރިން ކުއްޔަށް އުޅުނު ފްލެޓު ކާތިކް ގަނެފި

ބޮލީވުޑުގައި އަރަމުން އަންނަ ޒުވާން ތަރި، ކާތިކް އާރިޔާން، މީގެ އަހަރުތަކެއް ކުރިން ކުއްޔަށް އުޅުނު ފްލެޓް އޭނާ ގަނެފިއެވެ.
މުމްބާއީގެ ހުޅަނގު އުތުރުގައި އޮންނަ ސަރަހައްދެއްގައި ކާތިކް މީގެ އަހަރުތަކެއް ކުރިން ދިރިއުޅެމުން އައިއިރު އޭނާ މިހާރު ގަނެފައިވާ ފްލެޓަކީ ވެސް އެ ފްލެޓު ކަމަށް ނޫސްތަކުން ބުނެއެވެ. އެގޮތުން އެތަން އޭނާ ގަނެފައި ވަނީ 1.60 ކްރޯޑަށް ކަމަށް ވެސް ވެއެވެ.

ނޫސްތަކުން ބުނާ ގޮތުގައި މިދިޔަ މެއި މަހުގެ ތެރޭގައި ކާތިކް އެތަން ގަނެފައި ވަނީ އޭނާގެ މަންމަގެ ނަމުގައެވެ.

ކާތިކް ވިދާލީ މިދިޔަ އަހަރު ނެރުނު، ސޯނޫ ކޭ ޓީޓޫ ކީ ސްވީޓީންނެވެ. އެފިލްމުގެ ކާމިޔާބަށް ފަހު އޭނާއަށް ފިލްމީ ދާއިރާއިން ގިނަ ފުރުސަތުތަކެއް ލިބެމުން އަންނައިރު ފިލްމުތަކުގައި މަސައްކަތްކުރާ އަގު ވެސް އޭނާ ވަނީ މިހާރު އުފުލާލާފައެވެ.
ހިޔާލު