Aniyaa libunu iru Alhaa nulaa thibi vakeelun Baa Council ah kurimathilumakee huthuru kameh: Amr
image
ހުސެއިން އަމްރު-- ފޮޓޯ: ވަން އޮންލައިން
0 ކޮމެންޓް
 

"އަނިޔާ ލިބުނުއިރު އަޅާނުލާ ތިބި ވަކީލުން ބާ ކައުންސިލަށް ކުރިމަތިލުމަކީ ހުތުރު ކަމެއް"

މިދިޔަ ފަސް އަހަރު އެތައް ބަޔަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރިއިރު އަޅާނުލާ ތިބި ވަކީލުން މިއަދު ބާ ކައުންސިލަށް ކުރިމަތިލާ އިންސާނީ ހައްގުތަކުގެ ވާހަކަތައް ދެއްކުމަކީ ހުތުރު ކަމެއް ކަމަށް ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ބާ ކައުންސިލުގެ އިންތިހާބަށް 23 ކެންޑިޑޭޓަކު ވަނީ ވާދަކުރަން ނިންމާފަ އެވެ.

އިންތިހާބުގައި ވާދަކުރާ ބައެއް މީހުންނަށް އަމާޒުކޮށް އަމްރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ ފަސް އަހަރުގެ ތެރޭގައި އެތައް ބަޔަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކޮށް ޖަލަށްލާ އިންސާފުން ބޭރުން ޝަރީއަތްތައް ހިންގަމުން ދިޔައިރު ބައެއް ވަކީލުން އެކަމާ އަޅާ ނުލާ ކަމަށެވެ. އަދި އެމީހުން ބާ ކައުންސިލުގެ އިންތިހާބަށް ކުރިމަތިލާ އިންސާނީ ހައްގުތަކުގެ ވާހަކަތައް ދެއްކުން ހުތުރު ކަމަށެވެ.

"މިދިޔަ ފަސް އަހަރުގެ ތެރޭގައި އެތައް ބައިވަރު ވަކީލުން ސަސްޕެންޑުކޮށް، އެތައް ދަތި ކުރިމަތިކުރުވި އިރު އެކަމާއި ދެކޮޅަށް ބަހެއް ނުބުނެ ތިބި ވަކީލުން ބާ ކައުންސިލަށް ކުރިމަތިލުމަކީ ހުތުރު ކަމެއް،" އަމްރު ވިދާޅުވި އެވެ.


ކަނޑައެޅި އަދަދަށް ބާ ކައުންސިލުގެ އިންތިހާބުގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކޮށްފައި ނުވާތީ މިފަހަރު ވޯޓުލުން ކުރިއަށް ދާނީ ހަމައެކަނި މާލޭ އަދި އައްޑޫ ސިޓީގައެވެ.

ވޯޓުލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހެނދުނު ނުވައަކުން ހަވީރު ފަހަކަށެވެ.
ހިޔާލު