Fenaka inn nuaguga theyo vikki vaahaka dhogu koffi
image
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް-- ފޮޓޯ: މިހާރު
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ފެނަކައިން ނުއަގުގައި ރިޔާޒާއި އަދުރޭގެ ކުންފުންޏަށް ތެޔޮ ވިއްކި ވާހަކަ ނިމާލް ދޮގުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކުންފުންޏަކުން ފެނަކަ ކޯޕަރޭޝަނަށް ނުއަގުގައި ތެޔޮ ވިއްކާފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވި ވާހަކަ ދޮގުކޮށް އެއީ ކުންފުނި ނުހިންގިމުން ކުރާ ތުހުމަތެއް ކަމަށް ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.
ކުރީގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އަދި އޭރުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގެ ހިއްސާ އޮންނަ ކުންފުންޏަކުން ފެނަކައަށް ނުއަގުގައި ތެޔޮ ވިއްކާފައިވާ ކަމަށް ފެނަކައިގެ މިހާރުގެ އެމްޑީ އަހުމަދު ސައީދު އިއްޔެ ވަނީ މަޖިލީހުގެ ކޮމިޓީގައި ވިދާޅުވެފައެވެ.

ސައީދު ވިދާޅުވީ ކުރީގެ ދެ މެމްބަރުންގެ ދެ ކުންފުނިން ފިއުސް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން 6.58 ރުފިޔާ އަށް ލީޓަރެއްގެ ރޭޓުން ތެޔޮ ގަތުމަށް ފަހު ފެނަކައަށް 28 ރުފިޔާ އަށް ލީޓަރެއްގެ ރޭޓުން ތެޔޮ ވިއްކާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް ޖެހި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފެނަކައިގެ އެމްޑީގެ ގޮތުގައި ހުންނެވި އިރު އެއްވެސް ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދޭން މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އަބްދުއްރަހީމް އާއި ރިޔާޒް ރަޝީދު މަންފާއެއް ހޯދުމަށް އޭނާ ކައިރީގައި އެދިފައި ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމެޓީގައި ސައީދު ވިދާޅުވީ، މިހާރު އެކުންފުނީގެ ބައެއް ލިޔެކިޔުންތައް ބަލަމުން އަންނަ ކަމަށާއި އެގޮތަށް ބެލިބެލުމުން ވަކި ކުންފުންޏަކުން ފެނަކައަށް ނުއަގުގައި ތެޔޮ ވިއްކާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ނުއަގުގައި ތެޔޮ ވިއްކާފައި ވަނީ ރިޔާޒާއި އަބްދުއްރަހީމްގެ ހިއްސާ އޮންނަ ކުންފުންޏެއްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ، އެގޮތުން އެ ކުންފުނިން ތެޔޮ ވިއްކާފައި ވަނީ ތެޔޮ ލީޓަރެއް 26 ރުފިޔާ އާއި 28 ރުފިޔާގެ މަގުން ކަމަށެވެ.

އެކަމުގެ މައުލޫމާތު މިހާރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނާ ވެސް ހިއްސާކުރައްވާފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.
ހިޔާލު