Bappa ge belumugedhashah dhiumah anhen dhariakah court in amuru koff
image
ފެމެލީ ކޯޓް
ސީއެންއެމް
1 ކޮމެންޓް
 

ބައްޕަގެ ބެލުމުގެދަށަށް ދިއުމަށް އަންހެން ދަރިއަކަށް ކޯޓުން އަމުރުކޮށްފި

ބައްޕަގެ ނުގަބޫލުގައި އެހެން ރަށަކަށް ގޮސްއުޅޭ އަންހެން ދަރިއަކު ފަސް ދުވަހުގެ ތެރޭގައި ބައްޕަގެ ބެލުމުގެދަށަށް ދިއުމަށް ފެމިލީ ކޯޓުން އަމުރުކޮށްފިއެވެ.
ފެމެލީ ކޯޓުން އިއްޔެ މިއަމުރުކޮށްފައިވަނީ ސ ހިތަދޫއަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ އަންހެން ކުއްޖަކަށެވެ.

އޭނާ ބައްޕަގެ ބެލުމުގެ ދަށަށް ދިއުމަށް އަމުރުކޮށްފައިވަނީ ބައްޕަގެ ނުގަބޫލުގައި އުފަން ރަށް ނޫން އެހެންރަށަކަށް ގޮސްއުޅޭ މައްސަލާގައި އޭނާގެ ބައްޕަ ހުށަހެޅި މައްސަލައަކާއި ގުޅުގެންނެވެ.

އެކުއްޖާ ބައްޕަގެ ގާތަށް ދިއުމަށް ބޭނުންނުވާކަމަށާއި އޭނާ އެހެން ރަށެއްގައި އުޅެމުންދަނީ ކައިވެންޏެއް ކުރުމަށް މަންމަގެ ރުހުމުގައިކަމަށް ކޯޓްގައި ބުނި ނަމަވެސް އޭނާ އެގޮތަށް މީހަކާ ނީންދެ އެހެން ރަށެއްގައި އުޅުމުން ގެއްލުމެއް ލިބިދާނެކަމަށް ބިރުގަންނަ ކަމަށް ބައްޕަގެ ފަރާތުން ވަނީ ކޯޓްގައި ބުނެފައެވެ.

ފެމިލީ ކޯޓް
ހިޔާލު

މަރީ

ބައްޕަ އައް ބާރެ ލެބުނީީ މަ އޭގެ ބާރު ދަކަނީ ވަލީ ނުދީ އެކަމަ ހައްލެ ހޯދަދޭވެއްޖެ ދޯ މިހާރު ސަރުކާރުންވެސް