Zuvaanunnaki amilla aamdhaneege mahchah dhiriulhun binaakura bayakah vaanjehey: Raees
image
ރައީސް ރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަނީ
ސީއެންއެމް
3 ކޮމެންޓް
 

ޒުވާނުންނަކީ އަމިއްލަ އާމްދަނީގެ މައްޗަށް ދިރިއުޅުން ބިނާކުރާ ބަޔަކަށް ވާންޖެހޭ: ރައީސް

ދިވެހި ކޮންމެ ޒުވާނަކީ އަމިއްލަ އާމްދަނީގެ މައްޗަށް ދިރިއުޅުން ބިނާކުރާ، ޒިންމާދާރު މީހަކަށްވުމަށް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯހިހް އިލްތިމާސް ކުރައްވައިފި އެވެ.
ރައީސް ސޯލިހް މިކަމަށް އިލްތިމާސް ކުރެއްވީ ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވެވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

އާބާދީ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު މަގަސަދަކީ ގައުމުތަކުން ހާސިލްކުރާ އިންސާނީ ކުރިއެރުންތައް ފާހަގަކޮށް، އެކަން ދެމެހެއްޓުމަށް ހިތްވަރުދިނުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާބާދީ އާއި ތަރައްގީގެ ރާސްތާގައި ކުރިމަތިވާ މައްސަލަތައް ހައްލުކުރާއިރު، ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށާއި، މުހިންމު މައްސަލަތަކާ މެދު އާންމުން ހޭލުންތެރިކުރުވުމަކީވެސް މިދުވަހުގެ މަގްސަދެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރޭގެ ވާހަކަފުޅުގައި ރައީސް ވަނީ ވިހެއުމުގެ ތެރޭގައި މައިންނާއި ކުދިން މަރުވާ ނިސްބަތް ދަށްކުރެވި، އުފަންވާއިރު، ދިރިހުންނާނެކަމަށް ލަފާކުރެވޭ އެވްރެޖް ޢުމުރުގެ ނިންބަތް ގާތްގަނޑަކަށް 10 އަހަރަށް އިތުރުވެފައިވާކަން ވެސް ރައީސް ފާހަގަ ކުރައްވާފައެވެ.

މި ދާއިރާއިން ރާއްޖެ ކުރިއެރުންތަކެއް ހޯދާފައި ހުރިނަމަވެސް އަދިވެސް ގޮންޖެހުންތަކާއި ޙާޞިލުކުރަންޖެހޭ ލަނޑުދަނޑިތަކެއް ހުރިކަން ރައީސް ވިދާޅުވިއެވެ.

އެގޮތުން މުޖްތަމައުގައި ނާޒުކު ހާލަތުގައި ތިބި އަންހެނުންނާއި، އަންހެން ކުދިންގެ އުފަންވެނި ސިއްހަތު ރަނގަޅުކުރުމަށް އަދިވެސް ގިނަ ކަންތައްތަކެއް ކުރަންޖެހޭކަމަށާއި ދެޖިންސުގެ ހަމަހަމަކަމަށްވެސް އިތުރަށް މަސައްކަތް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ޞާލިޙް
ހިޔާލު

ސުވާނީ

މުޅި މިރީޖަންގައި ތިބި އެންމެ ފީކަޅާ ކަންޖޫސް ޒުވާނުން ތިބީ މިރާއްޖޭގައިކަން އެނގިލައްވާތޯއެވެ.

އަލީ އިބްރާހީމް

ރައީސް އޭ. އަޅުގަނޑު މީ 1 ދަރި ގޮވައިގެން އުޅޭ މާލޭގައި ކުއްޔަށް 1 ކޮޓަރީ އެޕާޓްމެންޓެއް ހިފައިގެން އުޅޭ ޒުވާނެކޭ. އިނގިރޭސި ޔުނިވަިސިޓީއަކުން ގްރެޖުއޭޓްވެފަހުރި ޒުވާނެކޭ. މުސާރައަކީ 20،000 ރުފިޔާ، ކުއްޔަށް 12،000 ހާސް ބާކީ މުޅިމަހު ބޭނުން ކުރަން އޮތީ 8،000 ޔުޓިލިޓީ ބިލްތަށް، އަދި ކެއުމަށް ފަހު އޮންނަނީ މީހުންނަށް ދަރާފައެވެ. އަބަދު ބޯހާސް ކަނަމަތީ އުޅެން މިޖެހެނީ، އެއްވެސް ކަހަލަ ހިންހަމަޖެހުމެއް ނެތް. މިއީ މިގައުމުގެ ސިޔާސީ ފަރާތަކުން އަޅުގަނޑުމެންނަށް ޖައްސާ ބަ* ވެރި ކަމެއް ނޫނީ ކޮންކަމެއްބާ؟ ރައީސް އޭ، މިގައުމު މީ ޕެރެޑައިސޭ ބޭރުމީހުންބުނޭ އެކަމަކު އަހަރުމެންނަށް މީ މެންޓަލީ ޓޯޗަރ ކުރާ ތަނެއް.

ޒަބާރީ

ޒުވާނުން އަމިއްލަ އައް އާމްދަނީ މިހާރުވެސް ހޯދާ.. އެއްބަޔަކު ހަށިވިއްކައިގެން އަނެއްބަޔަކު ޕާޓީ ޑުރަގު ވިއްކައިގެން އަނެއްބަޔަކު ސިޔާސީ ޝައިތާނުންގެ އަތްދަށުވަޑީންނައް ވެތިބެގެން ކަރަޕްޝަނައް މަގުފަހިކޮއްދީގެން.