Vazeefage baazaarugai bidheyseen adhaakura dhaurah dhivehin ufadhan jehey: Raees
image
ރައީސް ރޭގެ ޖަލްސާއަށް ވަޑައިގަންނަވަނީ
ސީއެންއެމް
2 ކޮމެންޓް
 

ވަޒީފާގެ ބާޒާރުގައި ބިދޭސީން އަދާކުރާ ދައުރަށް ދިވެހިން އުފައްދަން ޖެހޭ: ރައީސް

ރާއްޖޭން ބޭރުވާ މި ފައިސާ މަދުކުރުމަށް ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު، ފުރިހަމަކުރާނެ ދިވެހީންތަކެއް އުފެއްދެން ޖެހޭކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އާބާދީގައި ބިދޭސީން ހިމެނޭ ނިސްބަތް މަތިވަމުން އަންނަކަން ފާހަގަކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ އެމީހުންގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދަށް ފައިދާތަކެއް ލިބެމުންދާ ފަދައިން ރާއްޖޭގެ އާމްދަނީގެ ބޮޑު މިންވަރެއް އެމީހުންގެ ސަބަބުން ރާއްޖޭން ބޭރުވެގެން ވެސް ދާކަމުގައެވެ.

މީގެ އިތުރުން ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި، ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން، ހެޔޮ ގޮތުގައި ހިފޭނެ ގޮތް ހެދުމަށްޓަކައި، މައިގްރޭޝަން ޕޮލިސީއެއް އެކުލަވައިލުމަށް ސަރުކާރުން ރާއްވަވާފައިވާކަން ރައީސް ވިދާޅުވިއެވެ.

މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް މަތިކުރުމުގެ ގޮތުން، ވަޒީފާ ދޭ ފަރާތްތަކާއި ބޭންކުތަކާ ގުޅިގެން، ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަކަންވެސް ރައީސްގެ ވާހަހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ހިޔާލު

ފިރުޓޭ

ވަޒީފާ ދޭ ފަރާތްތަކާ ބޭންކް ތަކާ ގުޅިގެން ދިވެހިންނަށް ވަޒީފާ އިތުރުކޮށްދޭން ވިސްނުމުގެ ކުރިން ވެއްޖެނު، ބޭންކުތަކުގަ އުޅޭ ބޭރުމީހުްން ބޭރު ކުރަން! ބޭންކް އޮފް މޯލްޑިވްސް ފިޔަވާ އެހެން ބެންކެއްގަ ނޫޅޭ ތިބުނާހާ ދިވެހިންނެއް! އަނެއްކާ ބޭންކެއްގެ ސީއީއޯ އަކަށްވެސް އަދިވެސް ނުުހުރޭ ދިވެއްސެއް! މީ ވަރަށް ދެރަ މައްސަލަ އެއްނު!

ސީދީ

ބަލަ އުފައްދަން ޖެހޭކަން ނޭނގިގެން އެކަކުވެސް ނޫޅެޔޭ.. މިއުޅެނީ އެކަން ކުރަން ކަލޭމެންނާ ހަވާލުކުރީމަ އެއްވެސް ތާކުންތާކުޖެހޭ މަސައްކަތެއް ކަލޭމެންނައް ނުކުރެވޭތީއޭ..