Fahah rahkaakurumuge sagaafaiyy ashagennevumah gina masahkaiyythakeh kuran jehey: Raees
image
ރޭގެ ހަފްލާގައި ރައީސް
ސީއެންއެމް
0 ކޮމެންޓް
 

ފަހަށް ރައްކާކުރުމުގެ ސަގާފަތް އަށަގެންނެވުމަށް، ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ

ރާއްޖޭގައި އޮތް މަސައްކަތްކުރާ އުމުރުގެ އާބާދީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ފަހަށް ރައްކާކުރުމުގެ ސަގާފަތް އަށަގެންނެވުމަށް، މިހާރުއްސުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އާބާދީގައި ދުވަސްވީ މީހުން ހިމެނޭ ނިސްބަތް އިތުރުވަމުންދާކަން ފާހަގަކުރައްވަމުން 2054 ވަނަ އަހަރާ ހަމައަށް ދާއިރު އާބާދީގައި ހިމެނޭ ދޮށީ އުމުރުގެ މީހުންގެ ނިސްބަތް 14 އިންސައްތަ އިތުރުވާނެކަން ރައީސްގެ ވާހަކަފުޅުގައި ރޭ ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ކުރިޔަށް އޮތް 35 އަހަރެއްހާ ދުވަހުވެސް، މިހާރެކޭ އެއްގޮތަށް ރާއްޖޭގެ މަސައްކަތްކުރާ ޢުމުރުފުރާ ގެ ނިސްބަތަށް ބަދަލެއް ނައިސް އޮންނާނެކަމަށް ލަފާކުރެވޭތީ އެއީ ލިބިފައި އޮތް ފަހި ފުރުޞަތެއްކަމުގައެވެ.

އެހެންނަމަވެސް އާމްދަނީ ލިބޭނެ މަސައްކަތެއްނުކޮށް، މައިންބަފައިންނާއި ބެލެނިވެރިންނަށް ބަރޯސާވެގެން އުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުންދާތީ އެކަމާ ހިތާމަކުރައްވާ ކަމަށާއި އެގޮތަށް ގިނަބަޔަކު ގައުމީ އާމްދަނީގައި ހިއްސާނުވެ ތިބުމަކީ، އިގްތިސާދަށް ލޮޅުން އަރާނެ ކަމެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމުގެ އުފެއްދުންތެރިކަން އިތުރުވެ ގައުމު ތަރައްގީވަނީ، މަސައްކަތްކުރާ އުމުރުގެ ވީހާ ގިނަ ބަޔަކު އަމަލީ މައިދާނަށް ނުކުމެ، ހާލަތާ އެކަށޭނަ ގޮތަށް ސިޔާސަތުތައް ބަދަލުކޮށް، އަމިއްލަ މަސައްކަތާއިގެން ދިރިއުޅުމުގެ ފުރުސަތުތައް ފަހިކޮށްދެވިގެން ކަމުގައެވެ.
ރައީސް ޞާލިޙް
ހިޔާލު