Media minivankamuge ahudhugai raajjein soi koffi
image
ފަރަހަނާޒް އަހުދުގައި ސޮއި ކުރައްވަނީ
ސީއެންއެމް
0 ކޮމެންޓް
 

މީޑިއާގެ މިނިވަންކަމުގެ އަހުދުގައި ރާއްޖެއިން ސޮއިކޮށްފި

މީޑިއާގެ މިނިވަންކަމުގެ ބައިނަލްއަގްވާމީ އަހުދުގައި ރާއްޖެއިން ސޮއިކޮށްފި އެވެ.
ލަންޑަނުގައި މިހާރު ކުރިޔަށްދާ މީޑިއާ ފްރީޑަމް ކޮންފަރެންސްގެ ތެރެއިމް އިއްޔެ ރާއްޖޭގެ ފަރާތުން އަހުދުގައި ސޮއިކުރީ، ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ ފަރަހަނާޒް ފައިސަލް އެވެ.

މި އަހުދުން ކަށަވަރުކޮށްދޭ ކަންތައްތަކުގެ ތެރޭގައި މީޑިއާގެ މިނިވަންކަމުގެ ކޯލިޝަނެއްގެ ތެރެއިން މުޖުތަމައުގެ ރައްކާތެރިކަމާއި ތަނަވަސްކަމާއި ދުޅަހެޔޮކަމަށްޓަކައި މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމަށް އަޑު އުފުލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން މީޑިއާތަކުގެ ވެރިންނާއި ސަރުކާރާއި ގުޅިގެން މީޑިއާގެ މިނިވަންކަމަށް ހާއްސަ ވޯކްފޯސްއެއް އުފެއްދުމާއި އދ އާއި ގުޅިގެން މީޑިއާ ބާރުވެރި ކުރުވުމަށް މަސައްކަތް ކުރުމާއި ގުލޯބަލް މީޑިއާ ޑިފެންސް ފަންޑެއް ހުޅުވުމުގެ ފުރުސަތުވެސް މި މުއާހަދާގެ ތެރެއިން ލިބިގެންދާނެ އެވެ.


މީޑިއާ
ހިޔާލު