Masverinah Malee adhi Gaanooni rahkaatherikan kashavaru kohdheynan: Raees
image
ރައީސް ސޯލިހް މިރޭ ވާހަކަފުޅު ދައްކަވަނީ
ސީއެންއެމް
0 ކޮމެންޓް
 

މަސްވެރިންނަށް މާލީ އަދި ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދޭނަން: ރައީސް

މަސްވެރިންނަށް މާލީ ރައްކާތެރިކަމާއިގާނޫނީ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގދ ތިނަދޫގައި މިރޭ ބޭއްވި ޖަޒީރާ ހޮޅުއަށި ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ މަސްވެރިންނާ ގުޅުންހުރި އެތައް ސުވާކަމަށް ޖަވާބު ދެއްވާފައެވެ. މިރޭގެ ޕްރޮގްރާމަކީ ޖަރީރާ ހޮޅުއަށި ޕްރޮގްރާމް ފެށިފަހުން މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ ޕްރޮގްރާމެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް ލިބެންކެހޭ ފައިސާ ލިބޭނެ އިންތިޒާމް ހަރުދަނާ ކުރެވޭނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި މަސްވެރިންނަށްވި ވައުދުތައް ފުއްދުމަށް މަސައްކަތް ކުރަމުން ގެންދާ ކަމުގައެވެ. އަދި މަސްވެރިންނަށް ގާނޫނީ ރައްކާތެރިކަމާއި މާލީ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށާއި މަސްވެރިކަން ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަށް ލިބޭ އަގު އިތުރުކުރެވޭނެ ގޮތްތައް އެބަހުރި ކަމަށާއި އެކަންކަން ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އަދި މަސްވެރިންނަށް ފަންނީ އެހީތެރިކަން ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ސަރަހައްދުތައް ޒޯންތަކަކަށް ބަހާލާފައި އޮތްއޮތުން ނިމުމަކަށް ގެނެސް ހުރިހާ ޒޯންތަކުން އެންމެނަށް ނަފާ ހޯދޭނެ ގޮތަށް ބަދަލު ކުރުމަށް މިހާރު މަސައްކަތް ކުރަމުން ގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލު