The Lion King film ga himeney aa lavayeh release koffi
image
0 ކޮމެންޓް
 

"ދަ ލަޔަން ކިންގް" ފިލްމުގައި ހިމެނޭ އާ ލަވައެއް ރިލީޒްކޮށްފި

"ދަ ލަޔަން ކިންގް" ފިލްމު ތިއޭޓަރުތަކަށް އަންނަން އަދި ހަފްތާއެއްހާ ދުވަސް އޮތް އިރު، އެ ފިލްމުގެ ޕްރިމިއާ މިދިޔަ އަންގާރަ ދުވަހު އޮތެވެ.
ފިލްމު ރަސްމީކޮށް ޕްރިމިއާ ކުރީ ފިލްމުގައި ހިމެނޭ މުޅިން އާ ލަވަޔެއް ރިލީޒް ކުރުމާ އެކުގަ އެވެ. އެއީ މަގްބޫލު ލަވަކިޔުންތެރިޔާ ބިޔޯންސޭ ކިޔާފައިވާ ލަވައެކެވެ.

"ސްޕިރިޓް" ނަމަކަށް ކިޔާ އެ ލަވައިން ބިޔޯންސޭގެ އަޑުގެ ވަރުގަދަ ކަމާއި، ލަވަކިޔުމުގެ ހުނަރާއި ކުޅަދާނަކަން އިވިގެން ދެއެވެ.

އިލްޔާ ސަލްމަންޒަދޭހް، ޓިމޮތީ މެކްކެންޒީ އަދި ބިޔޯންސޭ އެކުގައި ލިޔުނު އެ ލަވަ ވެގެން ދަނީ ފިލްމަށް ލިބިގެންދާ އިތުރު ފުރިހަމަ ކަމަކަށެވެ.

އެ ލަވަ ހިމެނޭނީ "ދަ ލަޔަން ކިންގް: ދަ ގިފްޓް" އަލްބަމުގަ އެވެ. އެ އަލްބަމު ވެސް ނެރުމަށް ހަމަޖެހިފައި ވަނީ ފިލްމު ރިލީޒް ކުރާ ދުވަހުގަ އެވެ. ފިލްމާއި އަލްބަމް ޖުލައި 19 ގައި ރިލީޒް ކުރަން ވަނީ ހަމަޖެހިފަ އެވެ.
ހޮލީވުޑް
ހިޔާލު