IOIG 2023 ga Raajjeyga beyvumah Madagascar ge thaaeedhu hoadhanee
image
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަޑަގަސްކާ ގެ ތާއީދު ހޯދަނި--
1 ކޮމެންޓް
 

އައިއޯއައިޖީ 2023 ގައި ރާއްޖޭގައި ބޭއްވުމަށް މަޑަގަސްކާގެ ތާއީދު ހޯދަނީ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަޑަގަސްކާ އިން ތާއީދު ކުރެއްވުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެދިވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބުންގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރު މަހުލޫފު ދަނީ އެކި ގައުމުތަކަށް ދަތުރު ކުރައްވަމުންނެވެ.

އެ ދަތުރުތަކުގެ ބޭނުމަކީ އައިއޯއައިޖީ 2023 ރާއްޖޭގައި ބޭއްވުމަށް ހުށަހަޅާފައިވާ ބިޑަށް އެކި ގައުމުތަކުގެ ތާއީދު އޮތްކަން ކަށަވަރު ކުރުމެވެ.

އެގޮތުން މަހުލޫފު ވަނީ މަޑަގަސްކާގެ ބޮޑު ވަޒީރުގެ ހާއްސަ މަންދޫބު މިނިސްޓަރު ހާޖޯ އާއި އެގައުމުގެ އޮލިމްޕިކް ކޮމިޓީގެ ރައީސް ސިޓެނީ އާ ބައްދަލުކުރައްވާފަ އެވެ.

ރާއްޖެ އާއެކު މަޑަގަސްކާ އިން ވެސް ވަނީ އައިއޯއައިޖީ 2023 ވަނަ އަހަރު އެގައުމުގައި ބޭއްވުމަށް ބިޑު ހުށަހަޅާފަ އެވެ.

މަހުލޫފު ވިދާޅުވީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އައިއޯއައިޖީ މަޑަގަސްކާ ގައި ބާޢްވާފައި ވާތީ 2023 ވަނަ އަހަރު ރާއްޖޭގައި އެ މުބާރާތް ބޭއްވުމަށް އެގައުމުން ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

މީގެ ކުރިން ސީޝެލްސް އިން ވަނީ އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތާއީދު ކުރާނެކަމުގެ ޔަގީންކަން ދީފަ އެވެ.

ރާއްޖޭގެ އިތުރުން ކޮމޮރޯސް އަދި މަޑަގަސްކާ އިން 2023 ވަނަ އަހަރު ގޭމްސް ބާއްވަން ބިޑު ކޮށްފާވާއިރު ގައުމެއް ކަނޑައަޅަން ހިޔާލު ކުރަނީ މޮރިޝަސްގައި މި މަހުގެ 19 ވަނަ ދުވަހު ފަށާ އައިއޯއިޖީގެ ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.

އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގައި ބިޑް ކާމިޔާބުވުން ގާތް ކަމަށް އެ ގޭމްސް ކޮމިޝަންގެ ރައީސް އަދި ސީޝެލްސްގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އެންޓޯނިއޯ ގޯޕާލް ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު

ޝައުފާ

އާނ ދެން އައިއޯޖީ ބާއްވަން ބަޖެޓުން 1 ބިލިޔަން ބޭކާރުކޮއްލާ.. ކަލޭމެން ސާކުސަމިޓުވެސް ތިގޮތައް ބާއްވާފަ ޔޫޓިލިޓީކުންފުނިތަކުގެ ބޮލުގައި 700 މިލިޔަނުގެ ދަރަނުއެޅުވީމެއްނުން.. ދެން ފެނަކާގެ ބޮލުގަ އެދަރަނި އެޅުނީ.. މިހާރު ތިއުޅެނީ އޭގެ ދެވަނަ އެޕިސޯޑު ހިންގަން..