Dharifulhu edhenee mamma ah ehee akah!
image
ހަބީބާ މޫނިސް--
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

ދަރިފުޅު އެދެނީ މަންމަ އަށް އެހީއަކަށް!

މީގެ އަށް އަހަރު ކުރީން ކ. މާލެއަށް ނިސްބަތްވާ އުމުރުން 54 އަހަރު އަހަރު ހަބީބާ މޫނިސް ޑޮކްޓަރަށް ދެއްކީ މަންމަ ވަރުދެރަވެ، ކުރީގެ ހީވާގިކޮށް މަސައްކަތް ކުރެވުންިރު ފަހުން ނުކުރާން ފެށުމުންނެވެ. ނަމަވެސް އޭރު ޑޮކްޓަރަށް ދެއްކުމުން އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް ޑޮކްޓަރުން ބުންޏެވެ.
"މަންމަ ވަރުދެރަވެ، ކުރީގެ ހީވާގިކޮށް ކުރާ މަސައްކަތް ފަހުން ނުކުރާން ފެށީ، އެހެންވެ ލަންކާ އަށް ދިޔައީ. އެމީހުން ބުނީ އެއްވެސް މައްސަލައެއް ނެތޭ، އެކަމަކު މާލެ އައިސް ދުވަސްކޮޅެއް ވީތަނާ މަންމަ ފިޓް ޖެހުނީ، ފިޓް ޖެހިގެން ޑޮކްޓަރަށް ގޮސް އޭޑީކޭ އިން ދެއްކީމަ އެނގުނީ އެއް ކިޑްނީ ފެއިލް ވެފައިވާކަން،" މުހައްމަދު ހުޝާމް އިސްމާއިލް އޭނާގެ މަންމަ، ހަބީބާގެ ބަލި ހާލަތު ސީއެންއެމަށް ކިޔައިދިނެވެ.

އޭގެ ފަހުން ހަބީބާ ކޯމާ އަކަށް ގޮސްފައިވާއިރު އެ ފަހަރު ޑޮކްޓަރުން ވަނީ ހަބީބާގެ ދެވަނަ ކިޑްނީ ވެސް ފެއިލް ވެފައިވާ ކަމަށް ބުނެފަ އެވެ. ހަބީބާ އެއަށްފަހު އަންނަނީ ޑައިލަސިސް ހަދަމުންނެވެ.

"ޑައިލަސިސް ހެދުމަށް ބޭނުންވާ ހޮޅިއެއް އިންނާނެ އަތުގަ، އެ ހޮޅީގަ އިންނަނީ އަށް އަހަރުގެ ޓައިމް ފުރޭމެއް ދީފަ، އޭތި ޔޫސް ކުރެވެން އަދި އެއިޓް އިޔާސް ތެރޭ އޭތި ބޭނުން ނުކުރެވިއްޖިއްޔާ އޭތި ޖެހޭނީ ބަދަލު ކުރަން، މީ އަށް ވަނަ އަހަރު، އެހެންވެ އޭތި ހުއްޓެނީ، އެހެންވެ އޭތި ބަދަލުކުރަން މި ޓުރައި ކުރަނީ" ހުޝާމް ބުނެއެވެ.

"އެ ބަދަލުކުރުމަށް މިކޮޅުން އޮޕަރޭޝަން ނުކުރެވޭތީ ކިމްސް ހޮސްޕިޓަލަށް އޮޕަރޭޝަން ކުރަން ބެލިއިރު މަންމަ އަތް މާ ބޮޑަށް ދުޅަވެފަ ހުރިމަ، އެމީހުން ބުނީ ސްކޭން ކުރަންށޭ ޖެހޭނީ، ސުކޭންކުރިއިރު އެތާ ވަރަށް ކައިރީގައި އިނީ ސިސްޓެއް، އެސިސްޓާ ހެދި އެއަތް އޮތީ އެކޮށް އިންފެކްޓުވެފަ" ހުޝާމް ބުނެއެވެ.

އޭނާގެ ބްލަޑް ޕްރެޝާ (ބީޕީ) މަތިވުމުން ޑޮކްޓަރުން އެ އޮޕަރޭޝަން ކުރާކަށް ހުއްދަ ދީފައެއް ނުވެ އެވެ. އެސްޓު މިހާރު ނަގާފައިވާއިރު އަތުގެ އޭތި ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަނީ، އެކަކު ބީޕީ ހައި ކަމުން ބަދަލެއް ނުކުރެވެއެވެ.

"އާސަންދައިން ޓިކެޓު ހަމަޖެއްސިއިރު މިމަހުގެ 19 އަށް ޝެޑިއުލް ކޮށްފައި އިނީ. އެކަމަކު ޑޮކްޓަރުން ބުނާ ގޮތުން އަދި އިތުރަށް ދުވަސް ނަގާނެ، އެހާ ލާރިއެއް ނެތް. އެހެންވެ އެހީއަށް މި އެދެނީ،" ހުޝާމު ބުންޏެވެ.

އެކޮޅުގައި ތިބުމުގެ ކަންތައްތަކާއި އިތުރު ހަރަދުތައް ވަރަށް ބޮޑުކަން ފާހަގަކޮށް ހުޝާމު ބުނީ މަންމަ އަށް ކުރަން ޖެހޭ ހަރަދުކުރާ ވަރަށް ފައިސާގެ ތަނަވަސްކަން ނެތް ކަމަށެވެ. އެހެންވެ ހުޝާމްގެ އެދުމަކީ އޭނާގެ މަންމަގެ ބޭސްފަރުވާގެ ކަންކަމުގައި އާއްމު ފަރާތްތާކުގެ ދީލަތި އެހީއެއް ވެދެއްވުމެވެ.

އާއިލާ އަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް:

އެކައުންޓު ނަމްބަރު: 7701126971101 (މުހައްމަދު ހުޝާމް އިސްމާއިލް - ހަބީބާގެ ދަރިފުޅު)
ފޯނު ނަމްބަރު: 9997907 - މުހައްމަދު ހުޝާމް އިސްމާއިލް

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ސީއެންއެމް އެހީ
ހިޔާލު

ކިޔާމީހާ

ކަހާނަމަ ކަހަޔޭ ބުނާނެ..ކިތަންމެ ނުރުހުނަސް

ވިސްްނާ

މަހީކުރީ ސަލާންޖަހާ ޒަމާން މިހާރު ފާއިތުވެއްޖެކަމަށް...ހަމަ އެއްހިސާބެއްގަ ދޯ އަދިވެސް މިއުޅެވެނީ.🤣