Social Media ge sababun kuraa neydhevey asaru
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ސޯޝަލް މީޑިއާގެ ސަބަބުން ކުރާ ނޭދެވޭ އަސަރު

ބަވަނަވަމުންދާ ދުނިޔޭގައި ސޯޝަލް މީޑިއާ އަކީ ފުރާވަރުން ފެށިގެން އެންމެ ދޮށީ މީހުންގެ މެދުގައި ވެސް ވަރަށް މަގުބޫލު އެއްޗެކެވެ. އެގޮތުން ފޭސްބުކް އަކީ ހުރިހާ ސޯޝަލް މީޑިއާތަކުގެ ތެރެއިން ވެސް އެންމެ މަޝްހޫރު އެއް ޕްލެޓްފޯމެވެ.
ތަނަކަށް ދަތުރު ކުރިޔަސް ރައްޓެހިންނާ ބައްދަލުކުރިޔަސް ރެސްޓޯރެންޓަކަށް ކާން ގޮސް އެ ވާހަކަ ހިއްސާކުރަން ނުވަތަ ރައްޓެއްސަކާ ވާހަކަދައްކަން ބޭނުންނަމަ އެންމެ ފުރަތަމަ ހުޅުވާލެވޭ އެޕްލިކޭޝަނަކީ ފޭސްބުކެވެ.

އެފަދަ އެޕްލިކޭޝަންތަކަށް ހޭނި ދުރުވާން އުދަނގޫވެއްޖެ ނަމަ އެއިން ނިކުންނާނެ ނަތީޖާއާ މެދު ފުންކޮށް ވިސްނާލަން އެބަޖެހެ އެވެ.

ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތުން ސޯޝަލް މީޑިއާގެ އެފަދަ ވަސީލަތްތަކަށް މާ ބޮޑަށް ހޭނިއްޖެ ނަމަ އެއީ ފިކުރު ބޮޑުވުމާއި ކަންބޮޑުވުން ފަދަ ނަފްސާނީ ބަލިތައް ޖެހުމަށް މެދުވެރިވާ ކަމެކެވެ.

ސޯޝަލް މީޑިއާ ގައި އެހެން މީހުން އުޅޭ ގޮތް ނުވަތަ އެހެން މީހުން ޕޯސްޓު ކުރާ އެއްޗެހި ފެނި އެމީހުންގެ ހަޔާތް ވެސް އެގޮތަށް ބައްޓަން ކުރަން ބޭނުންވެ އެވެ. މިއީ އެފަދަ މީހުންނަށް ދިމާވާ ވަރަށް ބޮޑު ޕްރެޝަރެކެވެ.

ނިއުސްފީޑުން ކާން ބޭނުންވާ އެއްޗެއް އެހެން ނޫނީ ލާން ބޭނުންވާ ހެދުމެއް، ހިތްކިޔާ ދަބަހެއް ފެނިއްޖެނަމަ އެ ހޯދަން ބޭނުންވެ އެވެ. މިކަހަލަ ކޮންމެ ވަގުތެއްގައި ތިމާގެ އަތުގައި އެހާ ވަރަށް މާލީ ތަނަވަސްކަން ނެތް ކަމަށް އިހުސާސްވުމުން ހިތާމަޔާ ކުރިމަތިވެ ކަންބޮޑުވުމާ ހަމައަށް ވެސް ދާފަހަރުތައް އާދެ އެވެ.

''ސައިބާ ބުލީން'' އަކީ ވެސް ސޯޝަލް މީޑިއާގެ ސަބަބުން މިހާރު ފެންމަތި ވަމުން އަންނަ މައްސަލައެކެވެ. ހަނގާ ކުރުން ވަނީ މިހާރު މުޖުތަމައުގެ ތެރޭގައި އާންމު ކަމަކަށް ވެފައެވެ. ސޯޝަލް މީޑިއާގެ ސަބަބުން ހަނގާ ކުރުމުގެ ޝިކާރައަކަށް ވެއްޖެނަމަ އެއީ ބައެއް ފަހަރު ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވައްޓާލާ ކަމެކެވެ.

ހިޔާލު