IOIG gai Raajjeyge amaazakee 15 ah vure gina medal hoadhun: Minister Mahloof
image
އައިއޯއައިޖީގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންތަކެއް--- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

އައިއޯއައިޖީގައި ރާއްޖޭގެ އަމާޒަކީ 15 ވުރެ ގިނަ މެޑަލް ހޯދުން

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިފަހަރު ރާއްޖޭގެ އަމާޒަކީ 15 މެޑަލްއަށްވުރެ ގިނައިން މެޑަލް ހޯދުން ކަމަށް މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ފަނަރަ މެޑައްޔަށް ވުރެ ގިނަ މެޑަލް ހޯދުމަށް ރާއްޖެއިން އަމާޒު ހިފާފައި ހުރިއިރު މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ގޭމްސްއަކަށް ތައްޔާރުނުވާ މިންވަރަށް މިފަހަރުގެ ގޭމްސްއަށް ރާއްޖޭގެ އެތުލީޓުން ތައްޔާރުވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެގޮތުން ކުޅިވަރު އެސޯސިއޭޝަންތަކުން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ކޮށްދޭން އެދުނު ކަންކަން ކުރެވޭނެ ހުރި އެންމެ ފުރިހަމަ މިންވަރަށް ކޮށްދެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން ކުރިޔަށް ހުރި މުބާރާތްތަކަށް ދިވެހި އެތުލީޓުން ތަމްރީން ކުރުމަށް އެންމެ ރަނގަޅު ފުރުސަތުތައް ކުރިޔަށް އޮތް ހަތަރު އަހަރު ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މޮރިޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އައިއޯއައިޖީގައި ރާއްޖޭގެ ފަރާތުން 14 ކުޅިވަރެއްގައި މިފަހަރު ބައިވެރިވެއެވެ.

2023 ވަނަ އަހަރުގެ އިންޑިއަން އައިލެންޑް އޯޝަން ގޭމްސް ރާއްޖޭގައި ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ސަރުކާރުން ސީދާ އެ މުބާރާތްތަކަށް އަމާޒުކޮށްގެން، ބޮޑެތި ހަރަދުތަކެއް ކުރަން ގަސްތުނުކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއެވެ. އެގޮތުން އެ ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނާ ބައްދަލުކުރައްވާ ހިތްވަރުދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ ގައުމީ ތަރައްގީގެ މަޝްރޫއުތަކާ ގުޅުވައިގެން، އެ މުބާރާތް ރާއްޖޭގައި ބޭއްވޭނެ ގޮތެއް ހެއްދެވުން ކަމަށް ވިދާޅުވެފައެވެ.

ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އައިއޯއައިޖީގައި ކަމުން އެމުބާރަތަކީ ރާއްޖެއަށް މުހިއްމު މުބާރާތެއް ކަމަށް ރައީސް ވިދާޅުވެއެވެ.
ހިޔާލު