Primary Grade ah Beyru teacherun hoadhaathee adam shareef kanboduvun faalhukurahvaifi
image
އާދަމް ޝަރީފް އުމަރު-- ފޮޓޯ: މަޖިލިސް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ޕްރައިމަރީ ގްރޭޑުތަކަށް ބޭރު ޓީޗަރުން ހޯދާތީ އާދަމް ޝަރީފް ކަންބޮޑުވެއްޖެ

ޕްރައިމަރީ ގްރޭޑަކީ ކުދިންގެ ކިބައިގައި އިސްލާމީ ރިވެތި ސިފަތަކާއި ދިވެހިވަންތަ ސިފަތައް އަޝަގެންނެވުމުގެ އެންމެ މުހިއްމު މަރުހަލާކަމުން ޕްރައިމަރީ ގްރޭޑުގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭރުގެ ޓީޗަރުން ހޯދަން އިއުލާނުކޮށްފައިވާތީ މަޑުއްވާރީ ދާއިރާގެ މެމްބަރު، އާދަމް ޝަރީފް އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ބިދޭސީ ޓީޗަރުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އަހަރުތަކަކަށް ފަހު އިއުލާނުކޮށްފައި މިވަނީ ވިހެދުމުންދޭ ޗުއްޓީ އާއި އެހެނިހެން ސަބަބުތަކާ ހެދި ދިވެހި ޓީޗަރުން ނުލިބުމުގެ ސަބަބުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެކަމާއި ކަންބޮޑުވެ ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕްރައިމަރީ މަރުހަލާގައި ބޭރު ޓީޗަރުން ކިޔަވައިދިނުމަކީ ގައުމީ މަންހަޖުގެ ފަލްސަފާ އާއި ނުގުޅޭ ކަމެއް ކަމަށެވެ.

ޓީޗަރުންގެ އަގު ވަޒަންކުރުމަށް ގޮވާލާ އާދަމް ޝަރީފް ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން ދިވެހި ޓީޗަރުން އެފަދަ މަގާމުތަކަށް ލިބޭނެ ކަމަށެވެ.


އާދަމް ޝަރީފްގެ އެ ޓްވީޓަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަދި ނަވާރަ ވަނަ މަޖިލިސް އިންތިހާބުގައި އުނގޫފާރު ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަވެވަޑައިގެންވި އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އިންތިހާބާ ދިމާކޮށް ވެފައިވާ ވައުދުފުޅުތަކަކީ އެއްވެސް ދިރާސާއެއް ނެތި ކޮށްފައިވާ ވައުދުފުޅުތަކެއް ކަމަށާއި އެގޮތުން ސިވިލް ސާވިސް އަންހެން މުވައްޒަފުންނަށް ދިގު ޗުއްޓީއެއް ދިނުމަށް ވައުދުވެވަޑައިގެންނެވިއިރު އޭގެ ނަތީޖާއާ މެދު ވިސްނާފައި ނުވާ ކަމަށެވެ.

މި އަހަރުގެ ކިޔެވުން ފެށުނުއިރު ސަރުކާރުގެ 212 ސްކޫލެއްގައި 7900 ދިވެހި ޓީޗަރުން އަދި 1900 ބިދޭސީ ޓީޗަރުން މަސައަކަތް ކުރަމުން ދިޔަ އެވެ.
ހިޔާލު

ޅޮސްއުދޯލި

ސިޔާސީ ކޮއްލާ އަބަދު ދީނުގަ ބޮލުގަ އަޅުވާ ދެމުން، ޓީޗަރުން ވިހެއީމަ 6 މަސްދުވަހުގެ ޗުއްޓީދޭތީ އެތަން ފޫއްބައްދާނެ ދިވެހިޓީޗަރުން ނެތިގެން ބޭރުމީހުން ގެންނަނީ! ޕީޕީއެމްތި ދީނީ ކާރޑު ކުޅެގެންވީ މޮޅެއްނުވި އަދިވެސް ދީނޭކިޔާ! އެހެންމީހުންނަކީ ދީނީ ބައެއްނޫންކަމައް ހެދިގެން.