Sophie adhi Joey Raajjeyga heydha kuri chuttee ge photo thah
image
ސޯފީ އަދި ޖޯއީ--
0 ކޮމެންޓް
 

ސޯފީ އަދި ޖޯއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރިގޮތުގެ ފޮޓޯތައް ހިއްސާކޮށްފި

ހޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސޯފީ ޓާނާ އާއި އޭނާގެ ފިރިމީހާ، ލަވަކިޔުންތެރިޔާ ޖޯއީ ޖޯނަސް މިދިޔަ މެއި މަހު ކައިވެނިކޮށްފައި ވާއިރު އެދެމީހުން ދާދި ފަހުން ވަނީ ރާއްޖޭގައި ސިއްރުން ހަނީމޫނަށް ވަނީ އައިސްފަ އެވެ.
ދެފަންނާނުން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ގޮތުގެ ބައެއް ފޮޓޯތައް މިހާރު ވަނީ ހިއްސާކޮށްފަ އެވެ.

އެ މީހުން ޗުއްޓީ ހޭދަކުރަމުން ދިޔައީ ސޮނޭވާ ފުށީގައެވެ. ރާއްޖޭގެ ރީތިކަން ފާހަގަކޮށް ދެ ފަންނާނުން ވެސް ސޯޝަލް މީޑިއާގައި ފޮޓޯތައް ހިއްސާކޮށްފައި ވާއިރު އެމީހުން އެނބުރި ގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ.

އުމުރުން 29 އަހަރުގެ ޖޯއީ އާއި 22 އަހަރުގެ ސޯފީ އެންގޭޖުވުމަށް ފަހު އެންމެ ފުރަތަމަ ޗުއްޓީއެއް ހޭދަކޮށްލުމަށް އައިސްފައި ވަނީ ވެސް ރާއްޖެ އަށެވެ. އެދެމީހުން ތަފާތު އެކި ސަގާފަތާ އެއް ގޮތަށް ކައިވެނިކޮށްފައި ވާއިރު އެންމެ ފަހުން އެފަދަ ހަފުލާއެއް އޮތީ މިދިޔަ މަހު ގެ 29 ވަނަ ދުވަހު އެވެ.

ހޮލީވުޑުގައި މަސައްކަތް ކުރާ ސޯފީ، ގިނަ ބައެއްގެ މެދުގައި މަގްބޫލުވެފައި ވަނީ ގޭމް އޮފް ތްރޯންސްގައި ސަންސާ ސްޓާކްގެ ބައި ކުޅުމުންނެވެ. ޖޯއީ އަކީ އެމެރިކާގެ މިއުޒިކް ބޭންޑެއް ކަމަށްވާ ޑީއެންސީއީގެ ލީޑް ލަވަކިއުންތެރިޔާ އެވެ. އަދި އޭނާ ވަނީ "ހަނަ މޮންޓާނާ" ފިލްމުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

އޭގެ އިތުރުން ޖޯއީ ވަނީ އޭނާގެ ބޭބެމެންނާއެކު "ޖޯނަސް ބްރަދާސް" ގެ ނަމުގައި މިއުޒިކް ބޭންޑެއް އުފައްދާފަ އެވެ. އެކަމަކު 2013 ވަނަ އަހަރު އެ ބޭންޑު ރޫޅުނު އިރު މި އަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ އެ ބޭންޑް އެނބުރި އައިސްފަ އެވެ.
ހިޔާލު