Buma fala kuran kureveynee kon kameh?
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ބުމަ ފަލަކުރަން ކުރެވޭނީ ކޮން ކަމެއް؟

ގިނަ މީހުންނަކީ ނަލަވުމަށާއި ފެޝަނަށް ހާއްސަ ސަމާލުކަމެއްދޭ ބަޔެކެވެ. އޮގުތުން ބުމަ ފަލަކޮށް ބެހެއްޓުމަކީ ޒުވާން އަންހެން ކުދިންގެ މެދުގައި މިހާރު ވަރަށް މަގުބޫލު ކަމެކެވެ.
ބުމަ ފަލަކޮށް ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތައް

1. ބުމަ މަސާޖު ކުރުން
އިސްތަށި ފެޅުން ގިނަ ކުރުމަށް ''ހެއާ ފޮލިކަލްސް'' ތަކަށް މަސާޖު ލިބުމަކީ މުހިންމު ކަމެވެ. ފުނަލެއް ބޭނުންކޮށްގެން ދުވާލަކު ދެ ފަހަރު ބުމަ މަސާޖު ކުރާށެވެ.

2. ތެޔޮ ބޭނުންކުރުން
ބުމައިގައި ތެޔޮ އުނގުޅުމަކީ އަވަހަށް އިސްތަށި ފެޅުމަށް މަގުފަހި ކޮށްދޭ ކަމެކެވެ. އެގޮތުން އޮލިވް އޮއިލް އާއި ކެސްޓާ އޮއިލް އަދި ޕެޓްރޯލިއަމް ޖެލީ ފަދަ ތެޔޮގެ ބާވަތްތަށް ބޭނުންކުރެވިދާނެ އެވެ. ދުވާލަކު ދެ ފަހަރު މިކަން ކުރާށެވެ.

3. އިސްތަށި ގިނައިން ފަޅަން ދެން ބެހެއްޓުން
ބުމައިގެ އިސްތަށި ގިނަވަންދެން އިސްތަށި ބޭލުމަށް ބޭނުން ކުރާ ރޭޒަރު ފަދަ އެއްޗެހި 12 މަސް ވަންދެން ބޭނުން ނުކުރާށެވެ. އިސްތަށި ރަނގަޅަށް ފެޅުމުން ބޭނުންވާ ގޮތަށް ބަރަނި އެއް ނުވަތަ ''ޕްލަކާ'' އެއް ބޭނުންކޮށްގެން ބުމަ ހަދާލާށެވެ.
ނަލަވުން ފޭޑި
ހިޔާލު