Furaana salaamai vumah eheetherivee athugai oi epal gadee!
image
ޖޯޖް ކޮކްސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ފުރާނަ ސަލާމަތްވުމަށް އެހީތެރިވީ އަތުގައި އޮތް އެޕަލް ގަޑި!

އުމުރުން 22 އަހަރުގެ ކޮކްސް ކިޔާ ޒުވާނާ އަށް އޭނާ އަށް ހިތުގެ ބައްޔަކާ ހަނގުރާމަކުރަމުންދާ ކަން އެނގުނީ އޭނާ އަތުގައި އޮތް އެޕަލް ގަޑީގެ ގެ ސަބަބުންނެވެ.
އެޕަލް ގަޑި އަކީ އޭގައި ހިތުގެ ވިންދާއި އެހެނިހެން އެކި ފީޗާސްތައް އެނގޭ ގޮތަށް ފަރުމާ ކުރެވިފައިވާ ގަޑިއެކެވެ.

އެވްރެޖްކޮށް އިންސާނެއްގެ ހިތް، މިނުޓެއްގެ ތެރޭގައި 60 އާއި 100 އާ ދެމެދުގެ މިންގަނޑެއްގައި "ޕަމްޕް" ކުރާއިރު ޖޯޖް ގެ ބީޕީއެމް (ބީޓްސް ޕާ މިނިޓް) ހުރީ 130 ގައެވެ.

ޖޯޖް އަށް މިކަން ފާހަގަވުމާއެކު ޑޮކްޓަރެއްގެ ލަފާ ހޯދިއެވެ. ހެދި ޓެސްޓްތަކުން ދެއްކި ގޮތުގައި އޭނާ އުފަންވީއްސުރެ ހިތުގެ ވޭލްވް އެއްގައި އުނިކަމެއް ހުއްޓެވެ.

ޑޮކްޓަރުން ބުނި ގޮތުގައި އެޕަލް ވޮޗް ނެތްނަމަ އޭނާގެ އެ މައްސަލަ ފާހަގަ ނުވެ ކުއްލިއަކަށް އޭނާ މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޑޮކްޓަރުން ވަނީ މިހާރު އޭނާގެ ހިތުގެ ސާޖަރީ އެއްކޮށް ހިތުގެ ވޭލްވް ބަދަލުކޮށްފައެވެ.

އޭނާ ބުނި ގޮތުގައި އޭޕަލް ގަޑިއެއް އޮތީތީ އުފާ ކުރާ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

އެޕަލް ގަޑީގެ ސަބަބުން ގިނަ ބަޔެއްގެ ފުރާނަ ވަނީ އެކި ހާދިސާތަކުގައި ސަލާމަަތްވެފައެވެ.












ހިޔާލު