America scientist ge maraai gulhigen meehaku hayyarukohfi
image
މެރިން ބައޮލޮޖިސްޓް ސުޒޭން އީޓަން--ފޮޓޯ:ކްރެޓާ
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ސައިންޓިސްޓް ސުޒޭން އީޓަންގެ މަރާއި ގުޅިގެން ފިރިހެނަކު ހައްޔަރުކޮށްފި

އެމެރިކާގެ ސައިންޓިސްޓް ސުޒޭން އީޓަން މަރާލި ކަމުގެ ތުހުއްމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
ސުޒޭންގެ މަރާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ގްރީސްގެ ފިރިހެނެކެވެ. ގްރީކް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ ވަނީ ސުޒޭން މަރާލިކަމަށް އިއުތިރާފްވެސް ވެފަ އެވެ.

ސުޒޭން މި މަހު ދެ ވަނަ ދުވަހު ގެއްލިގެން އޭނާ ގެ ރަހުމަތްތެރިން ވަނީ ފުލުހުންނަށް އެކަން ހުށަހަޅައިފަ އެވެ.

ސުޒޭންގެ ހަށިގަނޑު ފެނިފައިވަނީ އޭގެ ހަ ދުވަސް ފަހުން ގްރީސްގެ ރަށެއް ކަމަށްވާ ކްރީޓްގައި ހުރި ދެވަނަ ބޮޑު ހަނގުރާމައިގައި ބޭނުން ކުރި ބަންކަރަންނެވެ.

އުމުރުން 59 އަހަރުގެ ސުޒޭން އަކީ ޖާމަނީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މެކްސް ޕްލެންކް އިންސްޓިޓިއުޓް ގައި މަސައްކަތް ކުރަމުން ދިޔަ އެމެރިކާގެ މޮލެކިއުލާ ބައޮލިޖެސްޓެކެވެ. އޭނާ ކްރީޓަށް ގޮސްފައި ވަނީ އެރަށުގެ ޗެނިއާ ސިޓީގައި ބާއްވާ ކޮންފަރެންސް އެއްގައި ބައިވެރިވުމަށެވެ.

ގްރީކް ފުލުހުން ބުނި ގޮތުގައި ސުޒޭން މަރާލައިފާ ވަނީ ނޭވާ ހާސްކޮށްލައިގެން ކަމަށާއި މަގްސަދެއްކަމަށް ބެލެވެނީ ޖިންސީ ގޯނާކުރުންކަމަށެވެ.

ގްރީކް ގެ މީޑިއާ އެއް ކަމަށްވާ ކްރެޓާ ލައިވް އިން ރިޕޯޓް ކުރި ގޮތުގައި ސުޒޭން ގެ ގާތިލް ކަމަށް ބެލެވޭ ފިރިހެނަކީ މީހަކާއި އިނދެގެން އުޅޭ އަދި ދެ ދަރިންވެސް ތިބި މީހެކެވެ.

ފުލުހުން ލަފާ ކުރާގޮތުގައި ސުޒޭން މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ވަނީ ބަންކަރަށް ގެންގޮސްފަ އެވެ. ސުޒޭން މަރާލީ ސީދާ ކޮން ތަނެއްގައިތޯ ހޯދުމަށް ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ސުޒޭން ގެ ހަށިގަނޑު ފެނިފައި ވަނީ އޭނާ އެންމެ ފަހުން ފެނުނު ކަމަށް ބުނާ ސަރަހައްދާ 10 ކިލޯމީޓަރު ދުރުން ކަމަށް ޗެނިއާގެ ފުލުހުން ބުނެ އެވެ.

އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ބޭނުން ކުރި ބަންކަރަށް ވަދެ އުޅުނު ކްރީޓްގެ ދެ ރައްޔިތުންނަށެވެ. އެ ބަންކަަރަކީ ޖަރުމަނުގެ ނާޒީން ކްރީޓް ހިފުމަށްފަހު ހަދާފައިވާ ކިއްލާތަކެކެވެ.

ސުޒޭން އަކީ އިނގެރޭސި ވިލާތުގެ ސައިންޓިސްޓެއްކަމަށްވާ އެންތަނީ ހައިމަން އާ ކައިވެނިކޮށް އަދި ދެ ފިރިހެން ދަރިންވެސް ހުރި މީހެކެވެ.
ހިޔާލު