Beyruge mass beynumuge mubaaraathehga 4 Dhivehi observerun
image
ބައިނަލްއަގުވާމީ މަސް ބޭނުމުގެ މުބާރާތުގައި އޮބްޒާވަރުންގެ ގޮތުގައި މަސައްކަތް ކުރި މީހުން-- ފޮޓޯ: ބޮންޑާ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ބައިނަލްއަގްވާމީ މަސް ބޭނުމުގެ މުބާރާތެއްގެ އޮބްޒާވަރުންގެ ގޮތުގައި ހަތަރު ދިވެހިން ބައިވެރިވެއްޖެ

ބައިނަލްއަގުވާމީ މަސް ބޭނުމުގެ މުބާރާތެއްގެ އޮބްޒާވަރުންގެ ގޮތުގައި ހަތަރު ދިވެއްސަކު ބައިވެރިވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ ސްޕޯޓްސް ފިޝިން އެސޯސިއޭޝަނުން އެ މުބާރާތް ބާއްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުން އާދިއްތަ ދުވަހަށެވެ.

ރާއްޖޭން އެ މުބާރާތުގެ އޮބްޒާވަރުންގެ ގޮތުގައި ހަތަރު މީހުން ގޮސްފައި ވާއިރު އެ ހަތަރު މީހުންނަކީ ސްޕޯޓްސް ފިޝިން ގައި އުޅޭ މީހުންނެވެ.

ރާއްޖޭގެ ފަރާތުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވެފައި ވަނީ ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ މީޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ)، އަބްދުﷲ އާނިފު އާއި ޝުނާން މަންސޫރު އަދި އަލީ އަލްހާނެވެ.

އެ މުބާރާތުގައި އެކި ގައުމުތަކުން ޖުމްލަ 27 ޓީމެއް ބައިވެރިވެފައި ވާއިރު ބޮންޑާ ބުނީ އޮބްޒާބަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީ އެ މުބާރާތުގައި ބައިވެރިވާން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެކަހަލަ ފެންވަރުގެ ޓީމުތައް އޮބްޒާވުކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ބޮންޑާ ވަނީ ބުނެފަ އެވެ.
ހިޔާލު