EIB inn Raajje ah USD 50 million ge loan eh dheefi
image
އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކު (އޭއައިއައިބީ) ގެ ހަތަރު ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ފިނޭންސް މިނިސްޓްރީ
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އީއައިބީން ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ލޯނެއް

އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަށް ހިންގުމަށް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން 50.65 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) ގެ ލޯނެއް ރާއްޖެ އަށް ދީފި އެވެ.
އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކު (އޭއައިއައިބީ) ގެ ހަތަރު ވަނަ އަހަރީ ބައްދަލުވުމުގެ ތެރެއިން އެ ލޯނުގެ އެއްބަސަވުމުގައި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައިފައިވާއިރު އީއައިބީ ގެ ފަރާތުން ސޮއި ކުރެއްވީ ނައިބު ރައީސް އެންޑްރިއު މެކްޑަވެލް އެވެ.

2016 ވަނަ އަހަރު ވެސް އީއައިބީން ވަނީ 45 މިލިއަން ޔޫރޯގެ ލޯނެއް 3.3 ޕަސެންޓް އިންޓްރެސްޓާއެކު 18 އަހަރުގެ މުއްދަތަކަށް ދީފަ އެވެ.

ލަގްޒަމްބާގުގައި އޮތް އެ އަހަރީ ބައްދަލަވުމުގައި "ޑިޖިޓަލް ކަނެކްޓިވިޓީ" ސެމިނާގައި ބައިވެރިވެ ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ދިނުމުގައި ހުރި ދަތިތައް ވަނީ ހިއްސާކޮށްފައެވެ.

ފިނޭންސް މިނިސްޓަރުގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
ހިޔާލު