Madivaru airport mi aharuge thereygaa hulhuvigendhaane
image
މަޑިވަރު އެއާޕޯޓް ގެ މަސައްކަތް ކުރިޔަށް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

މަޑިވަރު އެއާޕޯޓް މި އަހަރުގެ ތެރޭގައި ހުޅުވިގެންދާނެ

ކުރެއްދޫ މޯލްޑިވްސް އިން ޅ. މަޑިވަރުގައި ތަރައްގީ ކުރާ އެއާޕޯޓް މި އަހަރު ތެރޭގައި ހުޅުވާނެ ކަމަށް ސްޓޭޓް މިނިސްޓަރު އަހުމަދު ޒުބެއިރު ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލަވުމުގައި ޒުބައިރު ވިދާޅުވީ މަޑިވަރު އެއާޕޯޓުގައި މިހާރު ކުރަމުން ގެންދަނީ ރަންވޭގެ މަސައްކަތް ކަމަށާއި މި އަހަރު ތެރޭގައި އެ އެއާޕޯޓު ހުޅުވިގެން ދާނެ ކަމަށެވެ.

މަޑިވަރުގައި އެއާޕޯޓު އަޅަން ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީ އެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސް އާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު މެއި މަހު 29 ގައެވެ.

ޅ. ހުރަވަޅި ރިސޯޓުގެ މޫދު އަޑީގެ ރެސްޓޯރެންޓްގައި ބޭއްވި ރަސްމިއްޔާތުގައި ވިޔަފާރަވެރިޔާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވީ މިއީ ގައުމީ ވިސްނުމެއްގައި ކުރާ ކަމެއް ކަމަށާއި މުސްތަޤުބަލުގެ ޖީލުތަކަށް ފައިދާ ލިބިގެންދާނެ މަސައްކަތެއް ކަމަށެވެ.

މަޑިވަރު އެއާޕޯޓް ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. މަޑިވަރު އެއާޕޯޓުގެ މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.
އެއާޕޯޓް
ހިޔާލު