Dhaulathuge maalee audit eh hedhumah MP Ilayas Labeeb govaalavvaifi
image
އިލްޔާސް ލަބީބު: އިގްތިސާދީ ދާއިރާގެ ކަންކަން ދިރާސާ ކުރައްވާ، އެމްޑީޕީގެ މެނިފެސްޓޯ ތައްޔާރު ކުރުމުގައި ވެސް އިސްދައުރެއް އަދާކުރެއްވި މެމްބަރެއް--
1 ކޮމެންޓް
 

ދައުލަތުގެ މާލީ އޮޑިޓެއް ހެދުމަށް މެމްބަރު ލަބީބު ގޮވާލައްވައިފި

ދައުލަތުގެ މާލީ އޮޑިޓެއް ހެއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ގޮވާލައްވައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޕެންޝަނާ ބެހޭ ގާނޫނަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އިލްޔާް ވިދާޅުވީ ދައުލަތުގެ މާލީ އޮޑިޓެއް ހެދުން މުހިއްމު ކަމަށެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ޖާބިރު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، އިސްރަށްވެހިންނަށް (65 އަހަރުން މަތީގެ ދުވަސްވީ މީހުންނަށް) ދެވޭ އަސާސީ ޕެންޝަނުގެ އަދަދު 5000ރ އިން 10000ރ އަށް ބޮޑު ކުރުމަށެވެ.

އިލްޔާސް ލަބީބު ވިދާޅުވީ ދައުލަތުގެ މާލީ ހާލަތަކީ ކޮބައިކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށާއި، ރައްޔިތުންނަށް އެކަން ހާމަކޮށްދިނުމަކީ ފިނޭންސް މިނިސްޓަރުގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން، ދައުލަތުގެ މާލީ ހާލަތު އެނގޭނެ އޮޑިޓެއް ހަދައި، ދައުލަތުގެ މާލީ ހާލަތު ރައްޔިތުންނަށް ހާމަކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ގޮވާލައްވާ ކަމަށް ވެސް އިލްޔާސް ލަބީބު ވިދާޅުވި އެވެ.

އިލްޔާސް ލަބީބު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތާއި ކޮންމެ މީހަކަށް ނުކުޅެވޭ ގޮތަށް ސިޔާސަތެއް ކަނޑައަޅުއްވައި އެކަން ބައްޓަންވެފައި އޮތުމަކީ މި ދައުލަތަށްޓަކާ، މިވަގުތުން މިވަގުތަށް ކޮންމެހެން ކުރަންޖެހިފައިވާ މުހިއްމު ކަމެއް ކަމަށެވެ.

ޖާބިރުގެ އެ އިސްލާހާ ގުޅިގެން ސަރުކާރަށް ތާއީދު ކުރައްވާ ގިނަ މެމްބަރުން ވަނީ ޖާބިރަށް ބަހުގެ ހަމަލާތަކެއް ވެސް ރައްދުކޮށްފަ އެވެ. ނަމަވެސް އިސްރަށްވެހިންނަށް ދެވޭ ޕެންޝަން ފައިސާ އިތުރު ނުކުރަން އެއްވެސް މެމްބަރަކު ދެކޮޅެއް ނުހައްދަވަ އެވެ. އެ މެމްބަރުން ވިދާޅުވީ، މިފަދަ އިސްލާހުތައް ހުށަހެޅުމުގައި އެއްވެސް އިހުލާސްތެރިކަން ނެތްކަން ހާމަވާ ކަމަށެވެ. އަދި ދައުލަތަށް ލިބޭ އެއްޗަކަށްވުރެ ބޮޑު އަދަދެއް ހަރަދުކުރަން ޖެހުމަކީ ދެކޮޅު ޖެހޭ ކަމަކަށް ނުވާނެ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

މެމްބަރު ވިދާޅުވީ، ޕެންޝަން ގާނޫނަށް އިސްލާހު ހުށަހެޅުއްވިއިރު، ދައުލަތުގެ އާމްދަނީ އާއި ހަރަދާއި، ޖީޑީޕީ އާއި އިންފްލޭޝަން ރޭޓަކީ ކޮބައިކަން އެބިލް ހުށަހެޅުއްވި މެމްބަރު ޖާބިރު ދިރާސާ ކުރައްވާފައި ނެތް ކަމަށެވެ.

އިސްރަށްވެހިންނަށް އަސާސީ ޕެންޝަނެއްގެ ގޮތުގައި 2000ރ ދޭން ފަށާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ އަދަދު 5000ރ އަށް ބޮޑުކޮށްފައި ވެއެވެ.
ހިޔާލު

ސސ

މެމްބަރުން ހުޅުމާލެއިން ބިން ހޯދައިގެން ފުލެޓް އަޅައިގެން ކުއްޔަށް ދީގެން ފައިދާ ނެގުމަކީ ބޮޑު މަންފާ ނުންތޯ؟ ދައުލަތުން އެއްވެސް ބަޔަކަށް އެއްޗެއް ދޭން ރަގަޅު ނުވާނެ ! ހުރިހާ އެއްޗެއް މަންފާއެއްވެސް ލިބެންވާނީ މެމްބަރުންނަށް !