Huvafen fennany kyhve?
image
ފާތުމަތު ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

ހުވަފެން ފެންނަނީ ކީއްވެ؟

ހުވަފެނަކީ ނިދުމުގެ ތެރޭގައި ފެންނަ މަންޒަރެއް، ހާދިސާއެއް ނުވަތަ ވާހަކައެކެވެ. މަޖާ، ބިރުވެރި، ހިތާމަވެރި މިފަދަ ކޮންމެ ކަމެއްވެސް ހުވަފެނެއްގެ ތެރެއިން ފެނިގެން ގޮސްދާނެއެވެ. ހުވަފެން ފެންނަ ސަބަބާއި މިފަދަ ކަންތައްތަކާ ބެހޭގޮތުން ސައިންސްވެރިންވަނީ އެތައް ދިރާސާތަކެއް ކޮށްފައެވެ.
މިއީ ސައިންސްވެރިން ހުވަފެނާއި ބެހޭ ގޮތުން ދިރާސާތައް ހަދައި ފާހަގަކޮށްލެވުނު ކަންތައްތަކެވެ.

• ކޮންމެ ރެޔަކު ތިނަކާ ހަޔަކާ ދޭތެރޭގެ އަދަދަކަށް ހުވަފެން ފެންނަ ކަމަށް ސައިންސްވެރިންނަށް ބެލެވެއެވެ.

• ކޮންމެ ހުވަފެނެއް 5 މިނެޓާއި 20 މިނުޓަށް ދިގުދެމިގެންދާ ކަމަށް ލަފާ ކުރެވޭ ކަމަށް ވެއެވެ.

• ދިރާސާތައް ދައްކާ ގޮތުން ހޭލާ ގޮތަށް ހުވަފެނުގެ 95 އިންސައްތަ ހަނދާން ނެތެއެވެ.

• ހުވަފެނުގެ އެހީގައި ''ލޯންގް ޓާމް މެމޯރީސް" ކުރިއެރުވެއެވެ.

• ލޯފަން މީހުންނަށް މާ ގިނައިން ހުވަފެންތައް ފެނެއެވެ.


ހުވަފެން ފެންނަނީ ކީއްވެ؟

ސިއްހީ ކަންކަމާގުޅޭ ހަބަރު ފަތުރާ އޮންލައިން ނޫހެއްކަމަށްވާ "މެޑިކަލް ނިއުސް ޓޫޑޭ" ގައި ބުނެފައިވާގޮތުން ހުވަފެން ފެންނަނީ މައިގަނޑު ފަސް ބަޔަކަށެވެ.


• ބޭނުންވާ، ނުވަތަ އެމީހަކު ދެކެން ބޭނުންވާ ކަންތައްތައް ދައްކައިދިނުމުގެ ގޮތުން

• ސިކުނޑީގައި އެދުވަހަކު ރައްކާ ކުރެވުނު މައުލޫމާތުތައް ''ޕްރޮސެސް" ކުރުމުގެ ގޮތުން

• ކުރިޔަށް ވެދާނެ ކަންތައްތަކަށް ސިކުނޑި ތައްޔާރުކުރުމުގެ ގޮތުން

• ހުވަފެން ''ސައިކޯތެރަޕީ'' އެއްގެ ގޮތުގައި މަސައްކަތް ކުރޭ
.
• ''ކޮގްނިޓިވް ކެޕޭބިލިޓީސް'' ތައް ބިނާ ކުރުމުގެ ގޮތުން
މީހުން ފޭޑި ސިއްހަތު
ހިޔާލު

އިހުސާނާ

މި އަށްވުރެ ރަނގަޅަށް މި އާޓިކަލް ލިޔެވުނީސް!

އަހްމަދު

ދީނުގެ އަލީގަ ރަނގަޅަށް ދިރާސާކޮށްފަ ލިޔުނުނަމަ މިފަދަ ތާކުންތާކު ނުޖެހޭ ދޮގު ބުހުތާނު ލިޔެ ބަޔަކު މަގުނުފުރެއްދުނީސްތާ!