Dengue hun jehigen report kura minvaru dhashah
image
ޑެންގީ ފަތުރާ އީޑީސް މަދިރިއެއް--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރާ މިންވަރު ދަށަށް

ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު ދަށް ވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ދެ އަހަރުގެ މި ދުވަސްވަރާ އަޅާބަލާ އިރު މި އަހަރުގެ މި ދުވަސްވަރު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރަމުންދާ އަދަދު ވަނީ ދަށްވެފަ އެވެ. އަދި ޖޫން މަހާ އަޅާ ބަލާއިރު ޖުލައި މަހު ރިޕޯޓްކޮށްފައިވާ އަދަދު ވެސް ދަށަށް ގޮސްފައިވާ ކަމަށް ދައްކަ އެވެ.

މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން 2953 މީހުން ރިޕޯޓުކޮށްފައިވާއިރު ޑެންގީ ހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ އދ، ދ، ލ އަތޮޅުން އަދި މާލެ އާއި ހުޅުމާލެއިންނެވެ.

ޗިކުންގުންޔާ އަށް ބަލާއިރު ޖެނުއަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ޗިކުންގުންޔާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ގިނަވި ނަމަވެސް ޖޫން މަހު މި އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

ޗިކުންގުންޔާ ޖެހިގެން މި އަހަރުގެ މިހާތަނަށް 1328 ކޭސް ރިޕޯޓްކޮށްފައި ވާއިރު ޗިކުންގުންޔާ ޖެހިގެން މިހާތަނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ލ އަދި ގއ އަތޮޅުންނާއި މާލެ އިންނެވެ.

ހިޔާލު