Hurihaa rashehga mirey keytha namaadhu kuranee
image
ހަނދުކޭތައެއް--
0 ކޮމެންޓް
 

ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދު ކުރަނީ

މިރޭ ދަންވަރު ހިފާ ފުރިހަމަ ހަނދު ކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިރޭ ރާއްޖެ ގަޑިން 11:43 ގައި ހިފާ ހަނދުކޭތަ ފަތިހު 05:17 އާ ހަމައަށް، މޫސުން ގޯސް ނޫން ނަމަ ރާއްޖެ އަށް ފެންނާނެ އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އެންމެ ބޮޑު މިސްކިތުގައި ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށެވެ.

އެގޮތުން ކޭތަ ނަމާދުގެ ހުތުނާ މިހާރު މިނިސްޓްރީން ފެންނަން ހުންނާނެ ކަމަށާއި އެ ނަމާދު ކުރުން އޮންނާނީ މެންދަމުން އަލިވެ 03:30 ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ހުރިހާ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް ކައުންސިލުތަކަށް އަންގާފަ އެވެ.

މިރޭގެ ހަނދުކޭތަ ފަސް ގަޑިއިރާއި 34 މިނެޓަށް ދެމިގެންދާނެ އެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުއްޓާ ފެންނާނީ މެންދަމު 02:30 ގައެވެ.

ކޭތަ ހިފާއިރު ހަނދުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ބޮޑަށް އަނދިރިވާނެ އެވެ. މިއަދާ މިރޭ އަދި މާދަމާ ވެސް ރާއްޖެ މަތީގައި ވިލާ ބޯވާނެތީ ރާއްޖެއަށް ރީއްޗަށް ހަނދު ނެފެންނާނެ ކަމަށް ބެލެވެއެވެ.

ހަމަ އެހެންމެ ހަނދުކޭތަ ހިފަން ފަށާ ގަޑިއަށް އިތުރަށް މޫސުން ގޯސްވެ ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެ އެވެ. ދެން ރާއްޖެއަށް ހަނދުކޭތައެއް ހިފާނީ މި އަންނަ ޖެނުއަރީ މަހު 11 ވަނަ ދުވަހުގެ ރޭއެވެ.
ހިޔާލު