Gevehi kudhin dhiriulhumugaa maa kaamiyaabu!
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ގެވެހި ކުދިން ދިރިއުޅުމުގައި މާ ކާމިޔާބު!

ކުޑަ އިރުއްސުރެ ކުއްޖާ ލައްވާ ގޭގެ މަސައްކަތްތައް ކުރުމަކީ އެހާ އެދެވޭ ކަމެއް ނޫން ކަމަށް ބައެއް މީހުންނަށް ހީވެފައިވެއެވެ. ނަމަވެސް ހަޔާތުގައި އެންމެ ކާމިޔާބު ކުދިންނަކީ ގޭގެ މާހައުލުގައި ހީވާގި ގޭތެރޭގެ މަސައްކަތްތައް ކުރާ، ކުރުގޮތަކަށް ބުނާ ކަމުގައި ވާނަމަ ގެވެހި ކުދިންނެވެ.
"ޓެޑް ޓޯކް" ގައި މިކަމާ ބެހޭ މާހިރެއް ވަނީ އޭނާ ކުރި ދިރާސާތައް ހިއްސާކޮށް ގޭތެރޭގެ މަސައްކަތްތައް ކުރާ ކުދިން މުސްތަޤުބަލުގައި މާ ކާމިޔާބު ކަމަށާއި މި ކަންތައްތަކަކީ ދިރިއުޅުމުގައި ކިހާ ވަރެއްގެ މުހިންމު ކަމެއް ދޭންޖެހޭ ކަމެއްކަން އެކުދިންނަށް މީގެ ސަބަބުން އެނގިގެންދާކަމަށް ހާމަކޮށްފައެވެ.

މައިންބަފައިން ގޭތެރޭގެ މަސައްކަތްތައް ކުއްޖާ ލައްވާ ނުކުރާކަމުގައި ވާނަމަ ބޮޑުވަމުން އަންނަ ވަރަކަށް އެހެން މީހުން ލައްވާ ކަންތައްތައް ކުރުން އާދައަކަށްވެ އެފަދަ ކަންތައްތަކަށް ޒިންމާ ކުޑަވެގެންދެއެވެ. ގެވެހި ކުދިންނަކީ ކަންކަމަށް ކެެރޭ މުރާލި އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރަން ދަންނަ އަދި ވަޒީފާގެ މާހައުލުގައިވެސް މާ ކާމިޔާބު ކުދިން ކަމަށް ދިރާސާތަކުން ދައްކައެވެ.

ބައެއް މައިންބަފައިން ކުދިން ބެލެހެއްޓުމުގައި މާ ބޮޑަށް ރައްކާތެރިވެ ކުދިން އަޅާ ކޮންމެ ފިޔަވަޅަކަށް ހުރަސްއަޅާ ހަދައެވެ. މިއީ އެ ކުދިންނަށް އަޅައި ދެވޭ ރަނގަޅު ބިންގަލެއް ނޫނެވެ. ކުޑައިރުއްސުރެ ކުއްޖާ އަށް ކަންތައްތައް ކުރަން ދަސްކޮށްދީ ގެވެހި ކުރުވާ "ޗެލެންޖެސް" ތަކާ ކުރިމަތިލާން ފުރުސަތުދޭންޖެހޭނެއެވެ. ޒިންމާދާރު ކާމިޔާބު މީހަކަށް ވާނީ އޭރުންނެވެ.



ދިރިއުޅުން
ހިޔާލު