BML in hushahelhi massalaehgai Recovery Commission maadhan court ah haaziru kuranee
image
ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު--ފޮޓޯ:ވީނިއުސް
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ބީއެމްއެލް އިން ހުށަހެޅި މައްސަލައެއްގައި ރިޔާސީ ކޮމިޝަން މާދަން ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަން މާދަން ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގައިފި އެވެ.
ކޮރަޕްޝަންގެ މައްސަލަތައް ބަލަން ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި ދެކޮޅަށް ބީއެމްއެލުން ދައުވާ ކުރަނީ މައުލޫމާތެއް ހޯދަން އެދުމުން ކަމަށް ކޮމިޝަންގެ ރައީސް އަހްމަދު އަސްއަދު ވަނީ ވިދާޅުވެފަ އެވެ.

ކޮމިޝަންގެ ތަހުގީގަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ބީއެމްއެލް ގައި އެދުމުން ހައިކޯޓުގެ ނިންމުމަކާ އެ މައުލޫމާތު ވެވެން ނެތް ކަމަށް އެ ބޭންކުން ބުނެފައިވާ ކަމަށް އަސްއަދު ވަނީ ވިދާޅުވެފަ އެވެ.

މާދަމާ މެންދުރު ފަހު 01:00 އަށް އޭއާރްސީ ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގާފައިވާ އިރު އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ވަނީ ބީއެމްއެލް ގެ އިސް ވެރިން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ދެ ބޭންކް އެކައުންޓެއްގެ މައުލޫމާތު ހޯދަން އެސެޓް ރިކަވަރީ ކޮމިޝަނުން އެދިފައިވާ ކަމަށް އިއްޔެ އޮތް ކޮމިޓީގެ ބައްދަލުވުމުގައި ބީއެމްއެލުން ވަނީ ބުނެފަ އެވެ.

ބީއެމްއެލުން ބުނީ ހައި ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެން މި މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން މައުލޫމާތު ހިއްސާކޮށްފައި ނުވާނެ ކަމަށެވެ.
ހިޔާލު