JSC ge thahuqeeq team eh GA atoll ah vadaigannavaifi
image
ގއ. އަތޮޅަށް ވަޑައިގެން އުޅުއްވާ ޖޭއެސްސީ ތަހުގީގު ޓީމުގެ މެމްބަރުން--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ޖޭއެސްސީގެ ތަހުގީގު ޓީމެއް ގއ އަތޮޅަށް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުގީގު ޓީމެއް ގއ. އަތޮޅަށް ޒިޔާރަތްކޮށްފި އެވެ.
ޖޭއެސްސީ ބުނީ، އެ ތަހުގީގު ޓީމު ގއ. އަތޮޅަށް ޒިޔާރަތްކުރީ، އެ އަތޮޅުގެ ބައެއް މެޖިސްޓްރޭޓުންނާ ގުޅިގެން އެކޮމިޝަނަށް ހުށަހެޅިފައިވާ ބައެއް މައްސަލަތައް ބެލުމަށް ކަމަށެވެ.

ޖޭއެސްސީގެ މި ތަހުގީގު ޓީމުގައި ހިމެނިވަޑައިގަންނަވަނީ، ކޮމިޝަނުގެ ނާއިބު ރައީސް، މަސްތޫރު ހުސްނީ އާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އާއި ހިސާން ހުސައިން އާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހީމް އަދި ފަނޑިޔާރު މުހައްމަދު އީސާ ފުޅު އެވެ.

ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގެ ތަފްސީލެއް ނުދެއެވެ. ނަމަވެސް ގއ. އަތޮޅަށް ނިސްބަތްވާ ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބަކީ އެއަތޮޅުގެ ގާޒީންނަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކުރެވޭ ދެ ފަނޑިޔާރުން ނެވެ. އަދި ޝުޖާއު އުސްމާނަކީ ކުރީގެ ރައީސް ޔާމީންގެ ކެމްޕެން ހަރަކާތްތަކުގައާއި އޭރުގެ ސަރުކާރާއި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ބޭފުޅެއް ކަމަށް ބުނެ ފޮޓޯތައް ސޯސަލް މީޑިއާގައި އާއްމުވެފައިވާ ބޭފުޅެކެވެ.

ޖޭއެސްސީގައި މިހާރު ވެސް ނަޖީބާ ގުޅޭ ގިނަ މައްސަލަތަކެއް ދަނީ ތަހުގީގު ކުރެވެމުންނެވެ.
ހިޔާލު