Arjun Rampal ah 3 vana dhariaku libijje Mifaharu Firihen kujjeh
image
އަރުޖުން ރަމްޕަލް އޭނާގެ ދެ އަންހެން ދަރިންނާއެކު--
0 ކޮމެންޓް
 

އަރުޖުން ރަމްޕަލްއަށް ތިން ވަނަ ދަރިއަކު ލިބިއްޖެ، މިފަހަރު ފިރިހެން ކުއްޖެއް

ބޮލީވުޑުގެ މަޝްހޫރު ބަތަލު އަރުޖުން ރަމްޕަލް، އާއި އޭނާގެ ލޯބިވެރިޔާ އަދި ސައުތު އެފްރިކާގެ މޮޑެލް ގަބްރިއެއްލާ ޑެމޭޓްރިއާޑެސް އަށް ފިރިހެން ދަރިއަކު ލިބިއްޖެއެވެ.
ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް އެކަން އިއުލާނުކުރީ މިއަހަރުގެ ލޯބިވެރިންގެ ދުވަހު އެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު ލޯބިވެރިޔާ، ގަބްރިއެއްލާ އޭނާގެ ދަރިއަކަށް ބަލިވެ އިން ހަބަރު ވެސް ހިއްސާކުށްފައިވާއިރު މިހާރު ގަބްރިއެއްލާ މިވަނީ ވިހާފައެވެ.

މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލުގައި މިދިޔަ ބުދަ ދުވަހު ގަބްރިއެއްލާ އެޑްމިޓް ކުރިއިރު އޭނާ ވިހެއީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އަރުޖުންއަށް ދަރިއަކު ލިބުނު ހަބަރު ބަތަލާ ނިދީ ދައްތާ ޓްވީޓާ މެދުވެރިކޮށް އިއުލާނުކޮށް ވަނީ މަރުހަބާ ކިޔާފައެވެ.

އުމުރުން 32 އަހަރުގެ ގަބްރިއެލާ މިހާތަނަށް ކައިވެންޏެއް ކޮށްފައި ނުވާއިރު ކުރިން އަރުޖުން ވަނީ ބޮލީވުޑުގެ ޕްރޮޑިއުސަރު މެހެރް ޖެސިކާއާ ކައިވެނިކޮށްފައެވެ. ވިހި އަހަރު އެކުގައި އުޅުމަށް ފަހު އެމީހުން ވަކިވީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

އެ ކައިވެންޏަށް ލިބިފައި ވަނީ ދެ އަންހެން ކުދިންނެވެ. އެކުދިން ވެސް ވަނީ ގަބްރިއެއްލާ ވިހޭ ހަބަރާއެކު ކޮއްކޮއަށް ބަދަލުކުރުމަށް ހޮސްޕިޓަލަށް ގޮސްފައެވެ. ގަބްރިއެއްލާގެ މައިންބަފައިން ވެސް ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ ވިހާތީ އިންޑިއާއަށް ގޮސްފައެވެ.

View this post on Instagram

Lunch date with my bestie. ♥️

A post shared by Arjun (@rampal72) on


ކުރިން އިންޑިއާގެ ނޫސްތަކަށް ދިން އިންޓަވިއުއެއްގައި އަރުޖުން ވަނީ އޭނާގެ ދެ ދަރިން ވެސް ގަބްރިއެއްލާއަކީ އާއިލާގެ މެމްބަރެއްގެ ގޮތުގައި ގަބޫލުކޮށްފައިވާ ކަމަށާއި އޭނާއާ މެދު އެކުދިންގެ މެދުގައި މައްސަލައެއް ނެތް ކަމަށް ވެސް ބުނެފައެވެ.
ހިޔާލު