Sanjivani dhahkan fashanee anna mahu 12 gai
image
ސަންޖިވިނީގެ ދެވަނަ ބައިން ފެނިގެންދާނެ ކާސްޓުން---
0 ކޮމެންޓް
 

"ސަންޖިވަނީ" ދަންކަން ފަށަނީ އަންނަ މަހު 12 ގައި

ސްޓާޕަލްސް އިން ދެއްކި މަޝްހޫރު ޝޯ "ސަންޖިވަނީ" ގެ ދެވަނަ ދައްކަން ފަށަނީ އަންނަ މަހު 12 ގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
މީގެ 18 އަހަރު ކުރިން ސްޓާޕުލަސް އިން ދެއްކި އެޝޯގެ ދެވަނަ ބައެއް ދައްކަން ނިންމާފައިވާއިރު ދެވަނަ ދައްކަން ފަށަނީ އަންނަ މަހު 12 ގައި ކަމަށާއި އަދި އެޝޯ ދައްކާނީ 19:00 ގައި ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ރަސްމީ އިއުލާނެއް ކޮށްފައެއް ނުވެއެވެ.

ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި "ސަންޖިވަނީ" ގެ އުފެއްދުންތެރިން އެޝޯގެ ފުރަތަމަ ފެނިލުން ދައްކާފައިވާއިރު އޭގެ ތެރޭގައި "ސަންޖިވަނީ" ގެ ފުރަތަމަ ބައިން ފެނިގެން ދިޔަ ތަރިންގެ އިތުރުން އާ މޫނުތަކެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

އެގޮތުން މޮހްނީޝް ބޭލް އަދި ގުރްދިޕް ކޯލީ ކުރީގެ ތަރިންގެ ތެރޭގައި ފެނިގެންދިޔައިރު އަލަށް އެ ޝޯ އަށް ގުޅިފައި ވަނީ ސުރްބީ ޗަންދަނާ އާއި ނިމްރިތު ހަންނާ އަދި ސަޔަންތާނީ ގޯޝް އެވެ.

ސަންޖިވަނީ އަކީ 2002 ވަނަ އަހަރު ސްޓާޕުލަސް އިން ދެއްކި ޝޯއެކެވެ. 167 އެޕިސޯޑުގެ އެ ޝޯ ދެއްކުން ހުއްޓާލާފައި ވަނީ 2005 ވަނަ އަހަރެވެ.
ހިޔާލު