Dhanduvereenge gonjehunthakah halleh hoadhan jehey
image
މާލޭ ލޯކަލް މާރުކޭޓު-- ފޮޓޯ: ޕީއެސްއެމް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދަނޑުވެރީންގެ ގޮންޖެހުންތަކަށް ހައްލެއް ހޯދަންޖެހޭ

ޤައުމުގައި ގިނައިން މިހާރު ފެނިގެންދަނީ ފަތުރުވެރިކަމާއި މަސްވެރިކަން މި ސިނާއަތްތަކުގެ ވާހަކަތައް ދެކެވޭ ތަނެވެ. މި ސިނާއަތްތައް ކުރިޔަށް ގެންދާނޭ ގޮތްތަކާއި ބޮޑެތި މަޝްރޫއުތައް ހިންގާ ތަނެވެ.
ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ ރާއްޖޭގައި ތަރައްޤީކުރުމަށް ބިޔަ މަޝްރޫއުތައް ހިންގާ އެތައް ހިދުމަތްތަކެއް ފޯރުކޮށްދެމުން ދާއިރު ބުރަ މަސައްކަތްތައް ކުރާ ދަނޑުވެރިންނަށް ފޯރުކޮށްދޭންޖެހޭ ކަންތައްތައް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދެވޭބާވައެވެ.

ދަނޑުވެރިންނަށް ވިޔަފާރި ކުރުމުގެ މަގު ތަނަވަސްކުރުމުގެ ގޮތުން ގާއިމް ކޮށްފައިވާ ލޯކަލް މާރުކޭޓުގެ މައްސަލަ އިންތިހާއަށް ބޮޑެވެ.

ދަނޑުވެރިންގެ އޮތީ ހުސް ޝަކުވާއެވެ. މާރުކޭޓުގައި ވިޔަފާރި ހިންގާ ފަރާތަކާއި ސީއެންއެމްއިން ކުރި ސުވާލުތަކަށް ޖަވާބުދެމުން އޭނާ ބުނީ މާރުކޭޓު ގޮޅިތައް ހޯދުމުގައި ދަނޑުވެރިން ގިނަ ދަތިތަކަކާއި ކުރިމަތިލާންޖެހޭކަމަށެވެ.
މިގޮތަށް ވިޔަފާރި ކޮށްގެން ދިރިއުޅުން ބައްޓަން ކުރަންވެސް އުދަނގޫ ކަމަށާއި މާރުކޭޓު ގޮޅިއަށް ބޮޑެތި ކުލިތައް ދައްކަމުން ދިރިއުޅޭ ގެޔަށް ކުލި ދައްކަމުން އަނބިދަރީންނަށް ހަރަދު ކުރާން އެހާ ވަރަށް ފައިސާ ނުހުންނަ ކަމަށްވެސް އޭނާ ފާހަނގަކުރިއެވެ.

"މިގޮތަށް ކަންތައްތައް އޮވެގެން ދިރިއުޅުން ބައްޓަން ކުރަން އަސްލު ވަރަށް އުދަނގޫ. ގޮޅި އަށާއި އުޅޭ ގެޔަށް ކުލިދެމުން. އެދެވޭ މަންފާ އެއް ނުލިބޭ" ވިޔަފާރަވެރިޔާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މާރުކެޓު ހުސް ކުރަމުން ދާއިރު އިތުރު އެހެން ތަނެއް ނުދައްކާ ހުސްކުރާތީ ވެސް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތި ލާންޖެހޭކަމަށެވެ. އަދި ނިމޭނެ ވަކި ދުވަހެއްވެސް އެނގިފައިނުވާކަމަށެވެ.

"މިހާރު މާރުކޭޓު ދަނީ ހުސްކުރަމުން. އިތުރު އެހެން ތަނެއް ނުދައްކާ. އަދި ނިމޭނެ ދުވަހެއް ނޭނގޭ." އޭނާ ބުންޏެވެ.

ލޯކަލް މާރުކޭޓަށް ބަލާލުމުން އެތާނގައި ވިޔަފާރި ހިނގާ ދިވެހީންނަށް ވުރެ ބިދޭސީން ގިނަކަން ފާހަނގަކުރެވެއެވެ. ބިދޭސީން ދަނީ އެމީހުންގެ ބާރު އެތާނގައި ގަދަކުރަމުންނެވެ.

މިފަދަ ހާލެއްގައި މާރުކޭޓު އޮތްއިރު ބިދޭސީން އެތަނަށް ވެރިވަމުންގޮސް އެއްޗެހީގެ އަގުވެސް އަތް ނުފޯރާ ފަށަށް ދާކަމަށް ފާހަނގަކުރެވެއެވެ.

ބިދޭސީން މާރުކޭޓުގައި މަސައްކަތްކުރުމުގެ ސަބަބުން ވިޔަފާރި ދަށަށް ދާކަމަށް ގިނަ ދަނޑުވެރިން ފާހަނގަކުރެއެވެ.

މިފަދަ ބޮޑެތި ގޮންޖެހުންތަކަކާ ދަނޑުވެރިން ކުރިމަތި ލަމުންދާއިރު މި ކަންތައްތަކަށް ވިހާވެސް އަވަހަށް ހައްލު ހޯދައި ދިނުން މުހިންމެވެ.

އެގޮތުން އަތޮޅުތަކަށް ބަހާލައިގެން ދަނޑުވެރިކަން ކުރާ ނިސްބަތުން އަތޮޅުތަކަށް ގޮޅި ދިނުމަކީ އިންސާފުވެރިކަމެއް ކަމަށް ބައެއް މީހުންނަށް ދެކެއެވެ.

ހަމަ އެހެންމެ ބިދޭސީން ގޮޅިތަކުގައި ތިބުމުގެ ބަދަލުގައި ގޮޅި ކުއްޔަށް ހިފި ފަރާތުން އެ މަސައްކަތް ކުރާނަމަ އެއިން ލިބޭ މަންފާ ބޮޑުވެ ދިވެހީންގެ އަތްމަތިވެސް ތަނަވަސްވެގެންދާނެކަން ޔަގީނެވެ.




















ހިޔާލު