Majileehuge baaru kanduvaalan kuree ge Sarukaaru thakun massaikkai kuri: Raees Nasheedh
image
ވެސްޓް މިނިސްޓާ ފައުންޑޭޝަންއާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން މިއަދު ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ނަޝީދު -- ފޮޓޯ / މަޖިލިސް
1 ކޮމެންޓް
 

މަޖިލީހުގެ ބާރު ކަނޑުވާލަން ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރި: ރައީސް ނަޝީދު

ރައްޔިތުން މަޖިލީހުގެ ބާރު ކަނޑުވާލުމަށް މީގެކުރީގެ ސަރުކާރުތަކުން އެތައް މަސައްކަތް ކޮށްފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވެސްޓް މިނިސްޓާ ފައުންޑޭޝަންއާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން މިއަދު ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެވެ. އަދި މީގެކުރީގެ ސަރުކާރުތަކުން މަޖިލީހުގެ އަޑު އިއްވުމަށް ހުރަސްތަކެއް ކުރިމަތި ކުރުވި ކަމަށްވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ނަޝީދުގެ ވާހަކަފުޅުގައި ވޭތުވެދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި މަޖިލީހުން ކާމިޔާބީތަކެއްވެސް ހާސިލު ކުރިކަން ވަނީ ފާހަގަކުރައްވާފައެވެ.

19 ވަނަ ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ނުވަތަ އެ މަޖިލީހުގެ ބޮޑު އިންސައްތައެއް ނިސްބަތްވަނީ ވެރިކަން ކުރާ މައިޕާޓީ އެމްޑީއަށްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެޕާޓީގެ އެންމެ ބޮޑު އަމާޒަކަށް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުތައް ފުއްދުން ކަމަށެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅިގެން ގިނަބަޔަކު ދިޔައީ ފާޑުކިޔަމުންނެވެ. އަދި ވަކިން ހާއްސަކޮށް އޭރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޖިލިސް ހިންގެވި ގޮތަށް ގިނަބަޔަކު ދިޔައީ ފާޑު ކިޔަމުންނެވެ. ނަމަވެސް އެއާ ހިލާފަށް 19 ވަނަ މަޖިލިސް ފާހަގަވެގެން ދަނީ ބުރަ މަޖިލީހެއްގެ ގޮތުގައެވެ.
ހިޔާލު

މަންޑޭލާ

މަޖުލީސް ރަގަޅަ ކުރިޔައްނުގެން ދެވުނީ އެމްޑީޕީގެ އުދަގޫބޮޑުކަމުން.