Japan ge studio ehga roave 26 meehun maru vejje
image
ސްޓޫޑިއޯގައި ރޯވެ އަދަނީ--ފޮޓޯ:ސީއެންއެން
ރައްޔާން މުޙައްމަދު
0 ކޮމެންޓް
 

ޖަޕާންގެ އެނިމޭޝަން ސްޓޫޑިއޯއެއްގައި ރޯވެ 26 މީހުން މަރުވެއްޖެ

ޖަޕާންގެ ކިޔޯޓޯގައި ހުންނަ އެނިމޭޝަން ސްޓޫޑިއޯއެއްގައި ރޯވެ 26 ހަކަށް މީހުން މަރުވެ އެތައް ބަޔަކަށް ގެއްލުން ވެއްޖެ އެވެ.
ޖަޕާންގެ މީޑިއާތަކުން ބުނާގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ އެތަނުގެ އެތެރެއަށް ވަދެ މީހަކު ރޯކޮށްލުމުންނެވެ.

އުމުރުން 41 އަހަރުގެ މީހާ އެތަނަށް ވަނުމަށްފަހު ރޯކޮށްލުމުގެ ކުރިން އިމާރާތުގެ އެކި ތަންތަނަށް ޕެޓްރޯލް އެޅިކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކްޔޯޓޯގެ ފުލުހުން އޭނާ ހައްޔަރުކޮށްފައި ވީނަމަވެސް މި ހާދިސާގައި އޭނާ އަށްވެސް ވަނީ ބޮޑެތި ގެއްލުނތަކެއްވެފަ އެވެ. އެހެންކަމުން އެމީހާއަށް ދަނީ މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ހާދިސާ އާ ބެހޭގޮތުން ޖަޕާންގެ ބޮޑު ވަޒީރު ޝިންޒޯ އޭބް ވިދާޅުވީ އެއީ "ބަސްތަކުން ބުނެދެވޭ ވަރަށް ވުރެ މާ ހިތާމަވެރި" ހާދިސާއެއް ކަމަށެވެ. އެކަމަނާ ވަނީ ގެއްލުން ލިބުނު އާއިލާތަކަށް ތައުޒިޔާ ދަންނަވައިފަ އެވެ.

ތިން ފަންގިލާ ހުންނަ ސްޓޫޑިއޯގައި މި ހާދިސާ ހިނގީ ޖަޕާން ގަޑިން ބުރާސްފަތި ދުވަހު ހެނދުނު 10:30 ހާއިރު އެވެ.

އެސަރަހައްދުން ތޫނު ހަތިޔާރުތަކެއްވެސް ފެނިފައިވާ ކަމަށް ކިޔޯޓޯ ފުލުހުން ބުނެ އެވެ.

ހިޔާލު