Moosun goasvumun baeh Flight thah Delay vedhaane: Maldivian
image
މޯލްޑިވިއަންގެ ފްލައިޓެއް --- ފޮޓޯ / ޔޫސުފް ޝާން
0 ކޮމެންޓް
 

މޫސުން ގޯސްވުމުން ބައެއް ފްލައިޓުތައް ޑިލޭ ވެދާނެ: މޯލްޑިވިއަން

މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ފްލައިޓުތައް ޑިލޭ ކުރަން ޖެހިދާނެ ކަމަށް ގައުމީ އެއަރލައިނުން ބުނެފިއެވެ.
މޯލްޑިވިއަނުން މިރޭ ކުރި ޓްވީޓެއްގައި ބުނީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ފްލައިޓުތައް ޑިލޭ ވެދާނެ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ ވަނީ ބުނެފައެވެ.

އެ އިދާރާއިން ވަނީ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ. ބައެއް ސަރަހައްދުތަކަށް ނެރެފައިވާ ޔެލޯ އެލަރޓުވެސް ވަނީ އިތުރުކޮށްފައެވެ. އެގޮތުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީއަށް ނެރެފައިވާ ޔެލޯ އެލަރޓު މިހާރު ވަނީ އިތުރުކޮށްފައެވެ.
މޯލްޑިވިއަން މޫސުން
ހިޔާލު