Kudakudhinge Multimedia Library alun hulhuvaifi
image
ލައިބްރަރީ އަލުން ހުލުވުމުގެ ތެރެއިން
ސީއެންއެމް
0 ކޮމެންޓް
 

ކުޑަކުދިންގެ މަލްޓިމިޑިއާ ލައިބްރަރީ އަލުން ހުޅުވައިފި

ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު، އިތުރު ހިދުމަތްތަކާއިއެކު ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ މިއަދު އަލުން ހުޅުވައިފި އެވެ.
ގައުމީ ލައިބްރަރީގެ ދަށުން ހިންގަމުން އަންނަ ކުޑަކުދިންގެ މަލްޓިމިޑިއާ ލައިބްރަރީ ބަންދުކޮށްފައި ހުންނަތާ ގާތްގަނޑަކަށް ނުވަ މަސް ދުވަސް ފަހުން މަރާމާތަށްފަހު، އިތުރު ހިދުމަތްތަކާއިއެކު ލައިބްރަރީ މިއަދު އަލުން ހުޅުއްވާދެއްވީ އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މަޢުމޫނެވެ.

މާފަންނު މަދަރުސާގެ އުތުރުން އޮންނަ މަގުގައި ހިންގަމުން އަންނަ ކުޑަކުދިންގެ މަލްޓިމިޑިއާ ލައިބްރަރި އަލުން ހުލުވިއިރު އެތަނުގެ އެންމެ މަތީ ފަންގިފިލާގައި ކުރިންހުރި ޗިލްޑްރަންސް ކޯނަރ މިހާރުވަނީ އެންމެ ތިރިއަށް ބަދަލުކޮށްފައެވެ.

މީގެ އިތުރުން ލައިބްރަރީގައި ސްޓަޑީ ކޯނަރ އެއް ގާއިމްކޮށްފައިވާއިރު، ކުޑަކުދިންނާއި ގުޅޭ ފިލްމު ދެއްކުމަށް ހާއްސަ ތިއޭޓަރެއްވެސްވަނީ މިހާރު ގާއިމްކޮށްފައެވެ.

ގިނަ ދުވަސްތަކަކަށް ފަހު ލައިބްރަރީ އަލުން ހުލުވިއިރު ދެ ހާހަށްވުރެ ގިނަ ފޮތް ލައިބްރަރިއަށްވަނީ އިތުރު ކޮށްފައެވެ. އަދި ލައިބްރަރިގައި އިނގިރޭސި ސެކްޝަނާއި ދިވެހި ސެކްޝަންވެސްވަނީ ވަކިކޮށްފައެވެ.
ހިޔާލު