Hajjah furaameehun 4 gadiirukurin airport ah dhiumah ilthimaas koffi
image
ހައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ސަރުކާރުން މިއަދު ބައްވަނީ
ސީއެންއެމް
0 ކޮމެންޓް
 

ހައްޖަށް ފުރާމީހުން ހަތަރު ގަޑިއިރުކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފި

މިއަހަރު ރާއްޖެއިން ހައްޖަށް ދާ މީހުން އަންނަ އާދީއްތަ ދުވަހު ފުރަން ފަށާއިރު، ހައްޖަށްދާ މީފުން ފްލައިޓްގެ ހަތަރު ގަޑިއިރުކުރިން އެއާޕޯޓަށް ދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ހައްޖުގެ ކަންކަމާގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުން އަންނަ އާދީއްތަ ދުވަހު ފުރަން ފަށާނެ ކަމުގައެވެ.

މިއަހަރު ރާއްޖެއިން 2000 މީހުން ހައްޖަށް ދާނެއެވެ. މިއީ ފަހުގެ ތާރީހެއްގައި މިހާގިނަ އަދަދެއްގެ މިހުން ރާއްޖެއިން ހައްޖަށް ފުރާ ފުރަތަމަ އަހަރެވެ.

ޝާފިޢު އަލީ ވިދާޅުވީ މިއަހަރު ހައްޖަށްދާ މީހުންނާއި އެމީހުންގެ އާއިލާތައް އެއާޕޯޓަށް ގެންގޮސްދިނުމަށް ހަމަޖެހިފައިވަނީ ހިލޭ ކަމުގައެވެ. އެކަމަށްޓަކާ އެމްޓީސީސީއާއި އެމްއޭސީއެލުން އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް ޝާފިއު ވިދާޅުވިއެވެ.

ނަމަވެސް ހައްޖުވެރިން ފުރުމަށް ފުލައިޓްގެ ހަތަރުގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

ހައްޖުވެރިން އާދީއްތަ ދުވަހު ފުރާއިރު އިންތިޒާމްތައް ހަމަޖެހިފައިވާގޮތް ބެލުމަށް ސަރުކާރުގެ އިސް އޮފިޝަލުންގެ ޓީމެއް މިއަދުވަނީ އެއާޕޮޓަށްވެސް ޒިޔާރަތްކޮށްފައެވެ.

ހިޔާލު