PPM ge registrar ge maqaamah Lamaan ayyan koffi
image
މުހައްމަދު ލަމްއާން--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ޕީޕީއެމްގެ ރެޖިސްޓްރާގެ މަގާމަށް ލަމްއާން އައްޔަން ކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރެޖިސްޓްރާގެ މަގާމަށް އެޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މުހައްމަދު ލަމްއާން އައްޔަން ކޮށްފިއެވެ.
ލަމްއާނަކީ، ނިމިދިއަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރެވެ.

ލަމްއާނަކީ ޕީޕީއެމް ކައުންސިލްގެ މެންބަރެކެވެ. އަދި ރައީސް ޔާމީނު ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ، ފެނަމަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިސްތިއުފާ ދެއްވައި، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ވަޑައިގެންނެވުމާއެކުގަ އެވެ. ޝަރީފަށް ފަހު، ގިނަ ދުވަސްތަކެއް ވަންދެން ފެނަކަ ކޯޕަރޭޝަނުގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް ވެސް ލަމްއާން ހުންނެވި އެވެ.

ޕީޕީއެމް އިން ބުނީ ޕާޓީގެ ރެޖިސްޓްރާގެ މަގާމަށް ލަމްއާން އައްޔަނު ކުރީ އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ އިއްތިފާގުންކަމަށެވެ.

އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ މުލަކު ދާއިރާ އަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި މަރިޔަމް ޖުހައިނާ ސާދިގު ވަނީ ޕީޕީއެމްގެ ޑެޕިއުޓީ ރެޖިސްޓްރާގެ މަގާމަށް އައްޔަނު ކޮށްފައެވެ.
ޕީޕީއެމް
ހިޔާލު