Ram Kapoor barudhan luikuree Nach Baliye gai baiverivaantha?
image
ރާމް ކަޕޫރާއި އޭނާގެ އަންހެނުން ގޯތަމީ--
0 ކޮމެންޓް
 

ރާމް ކަޕޫރު ބަރުދަން ލުއި ކުރީ "ނަޗް ބަލިއޭ" ގައި ބައިވެރިވާންތަ؟

ކާމިޔާބު ޓީވީ ޝޯތައް ކަމަށްވާ، "ކަސަމްސޭ" އާއި "ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ލީޑު ރޯލުން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި، ރާމް ކަޕޫރު ބަރުދަން ލުއި ކުރީ "ނަޗް ބަލިއޭ" ސީޒަން ނުވައެއްގައި ބައިވެރިވުމަށް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
ނޫސްތަކުން ބުނީ އޭނާ އެހާ ބޮޑަށް ބަރުދަން ލުއިކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ ޝޯގައި ބައިވެރިވުން ކަމަށެވެ. އަދި އޭނާ އެ ޝޯގައި ބައިވެރިވަނީ އޭނާގެ އަންހެނުން ގޯތަމީ ކަޕޫރާއެކު ކަމަށް ވެސް ވެއެވެ. ނަމަވެސް އެކަމާ ގުޅޭ ރަސްމީ އިއުލާނެއް އަދި ކޮށްފައެއް ނުވެ އެވެ.

ނަވާރަ ސަތޭކަ ނުވަ ދިހަ އަށް ވަނަ އަހަރު ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފެށި، ރާމް ވަނީ ޓީވީ ޝޯތަކުގެ އިތުރުން ބޮލީވުޑުގެ ގިނަ ފިލްމުތަކުންނާއި ރިއަލިޓީ ޝޯތަކުން ވެސް ފެނިފަ އެވެ. އެގޮތުން 2017، ވަނަ އަހަރު ދައްކަން ފެށި، "ކަރްލޭ ތޫ ބީ މޮހައްބަތު" ގައި ވެސް މަސައްކަތް ކުރަމުން އަންނަ ރާމް އެންމެ ފަހުން ފެނިފައިވާ ބޮލީވުޑުގެ ފިލްމަކީ 2018 ވަނަ އަހަރު ނެރުނު "ލަވްޔާތުރީ" އެވެ.

ފިލްމީ ދާއިރާ އިން ގިނަ އެވޯޑުތަކެއް ވެސް ލިބިފައިވާ ރާމް، ކައިވެނިކޮށްގެން އުޅެނީ މަޝްހޫރު ޓީވީ ބަތަލާ، ގޯތަމީ އާއެވެ. ގޯތަމީ ވަނީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޝޯ، "ތޭރޭ ޝެހެރް މޭ" ގައި އަމާރާގެ މަންމަގެ ރޯލުން ވެސް ފެނިފަ އެވެ.
ހިޔާލު