UK Golf mubaraaraathehga Raajjeyge fathuru verikan promote koffi
image
އިނގިރޭސިވިލާތުގެ ސެލްޓިކް މޭނާ ރިޒޯޓުގެ ސެލެބްރިޓީ ކަޕް ގޮލްފު މުބާރާތުގެ ރިސެޕްޝަން-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
0 ކޮމެންޓް
 

އިނގިރޭސި ގޮލްފު މުބާރާތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށްފި

އިނގިރޭސިވިލާތުގެ ސެލްޓިކް މޭނާ ރިޒޯޓުގެ ސެލެބްރިޓީ ކަޕް ގޮލްފު މުބާރާތުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށްފި އެވެ.
ޖުލައި 13 އިން 14 އަށް އޮތް އެ މުބާރާތުގެ ރިސެޕްޝަން އިވެންޓު ސްޕޮންސާ ކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިންނެވެ.

މިއީ އެ ގޮލްފު މުބާރާތުގެ ތާރީހުގައި ފަތުރުވެރިކަން ޕްރޮމޯޓު ކުރި ފުރަތަމަ ފަހަރު ކަމަށް ވެއެވެ. އެތަނުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރީ "މޯލްޑިވްސް" ބްރޭންޑުގެ ގޮތުގަ އެވެ.

އެ އިވެންޓުގެ ތެރެއިން އޮތް ޗެރިޓީ ހަރަކާތުގައި ބައިވެރިވި މީހުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ރާއްޖޭގައި ހިންގާ ކޮކޯ ކަލެކްޝަނުގެ ދެ ރިސޯޓެއްގައި ފަސް ރޭ މަޑު ކުރުމުގެ ފުރުސަތު ހުށަހެޅި އެވެ.

އެއީ ބ. އަތޮޅުގައި ހިންގާ ކޮކޯ ޕާމް ދުނިކޮޅުގައި ތިން ރޭ މަޑު ކުރުމުގެ ފުރުސަތާއި، ފަސް ތަރީގެ ކޮކޯ ބޮޑު ހިތި ރިސޯޓުގައި ދެ ރޭ މަޑު ކުރުމުގެ ފުރުސަތެވެ.

އިނގިރޭސިވިލާތުގެ ވޭލްސްގައި އޮންނަ މި ހަރަކާތަކީ ގޮލްފުގައި އެންމެ މަޝްހޫރު ފަރާތްތައް ބައިވެރިވާ ހަރަކާތެކެވެ. މިއަހަރުގެ ޖެނުއަރީ އިން މޭ ގެ ނިޔަލަށް ރާއްޖެ އަށް ފަސްވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ އިނގިރޭސިވިލާތުންނެވެ.
ހިޔާލު