UEFA mubaaraaiy ballavaa levvumah Naib Raees Addu ah
image
ނައިބު ރައީސް ފައިސަލް ނަސީމު މިއަދު އައްޑޫ އަށް ވަޑައިގަންނަވަނީ--
0 ކޮމެންޓް
 

ޔޫއޭފާ މުބާރާތް ބައްލަވާލެއްވުމަށް ނައިބު ރައީސް އައްޑޫ އަށް!

ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ސިޓީ އަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ނައިބު ރައީސް ފައިސަލް ނަސީމުގެ މި ދަތުރުފުޅަކީ މިއަދު ހަވީރު އައްޑޫގައި ފަށާ ޔޫއެފާ 15 އަހަރުން ދަށުގެ ބައިނަލް އަގްވާމީ މުބާރާތް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ޔޫއޭފާ ބައިނަލްއަގުވާމީ މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިއްޔާ އަދި ލެޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ގައުމީ ޓީމުން ވާދަކުރެ އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރާނެ އެވެ. ފައިނަލް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 16:00 ގައި ބައްދަލުކުރީ ރާއްޖެ އާއި ބޫޓާން އެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި މުބާރާތުގެ މެޗުތައް ކުޅޭނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކަމަށް ވާއިރު، މުބާރާތުގެ މެޗުތައް ކުޅުމަށް އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމަށް ވަނީ ބޮޑެތި ބަދަލުތަކެއް ވެސް ގެނެސްފަ އެވެ.
ހިޔާލު